ތ. ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލާފައި. (ފޮޓޯ/އެމްޓީސީސީ

ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި

މި މަޝްރޫއުގެ ސަބަބުން ގާދިއްފުއްޓާއި ވަކިން ހާއްސަކޮށް އެ ރަށުގެ ތުނޑީކޮޅަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުވާނެ ކަމަށް އެމްޓީސީސީން ބުނޭ

ޕްލޭނިން މިނިސްޓްރީން 19.13 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ތ. ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ފަސްމަންޒަރު - އެމްޓީސީސީން މިއަދު ބުނި ގޮތުގައި، ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ގާދިއްފުއްޓަކީ ވެސް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި އޮތް ރަށެކެވެ. އެގޮތުން، ގާދިއްފުށީގެ ވަށައިގެން އަދި ވަކިން ހާއްސަކޮށް އެ ރަށުގެ ތުނޑީކޮޅު ސަރަހައްދުން ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ފާހަގަވާ ކަމަށާއި މި ކަމުގެ ސަބަބުން ރަށުގެ ރުއްގަސް ވެއްޓިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ބުނީ ކީކޭ؟ - "މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސަބަބުން ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު މި ވަނީ ހިމާޔަތްކުރެވިފަ އެވެ،" އެމްޓީސީސީން ނެރުނު ބަޔާނެއްގައިވެ އެވެ.

"މިއީ ހަމަ ގައިމު ވެސް ގާދިއްފުށީ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތައް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނެވުނު މުހިންމު މަޝްރޫއެއްގެ ގޮތުގައި މި ކުންފުނިން ފާހަގަކުރަމެވެ."

ތަފްސީލު - ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން:

  • 15 މީޓަރުގެ މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހި

  • 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހި

  • 18،894 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް