ފެމިލީ ކޯޓުގެ ކައިވެނިކޮށްދިނުމާއި ރަޖިސްޓްރީ ކުރުމާ ބެހޭ ބައި. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފެމިލީ ކޯޓު

ފެމިލީ ކޯޓުން މައްސަލަ ނިންމަން ހޭދަވާ މުއްދަތު ވަރަށް ބޮޑުތަން އަވަސްވެއްޖެ

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި %41ގެ ކުރިއެރުމެއް ހޯދާފައިވޭ

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ތިން މަހު ފެމިލީ ކޯޓުން މައްސަލަތައް ނިންމި ސްޕީޑް އަވަސް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ފެމިލީ ކޯޓުން އިއްޔެ ހާމަކުރި ގޮތުގައި، މިދިޔަ އަހަރު އެ ކޯޓުން މައްސަލަތައް ނިންމަން އެވްރެޖުކޮށް 34 ދުވަސް ހޭދަވެފައިވެ އެވެ. އެކަމަކު، މި އަހަރުގެ ތިން މަހަށް ބަލާއިރު، މައްސަލަތައް ބަލަން ހޭދަވެފައިވަނީ އެވްރެޖުކޮށް 20 ދުވަހެވެ. އެއީ %41ގެ ކުރިއެރުމެކެވެ.

ތަފްސީލް - ފެމިލީ ކޯޓުން ބުނީ:

  • މައްސަލަތައް ބަލަން ހޭދަވި 20 ދުވަހަކީ ސުލުހަ މަރުހަލާގައި ހޭދަވާ މުއްދަތާއި ހަލާނާތުގެ މައްސަލަތައް ފަދަ އާންމުކޮށް ގިނަ ދުވަސްތައް ހޭދަވާ މައްސަލަތައް ވެސް ހިމެނޭހެން އެވްރެޖުކޮށް ހޭދަވި މުއްދަތު

ނަމަވެސް، ޖެނުއަރީން މާޗުގެ ނިޔަލަށް ހޭދަވި މުއްދަތުގައި ފެމިލީ ކޯޓުން ނިންމީ ކިތައް މައްސަލަ ކަމެއް އެ ކޯޓުން ހާމައެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް