ހަ މީހުން ފެނުނު ސަރަަހައްދު. (ފޮޓޯ/ކޯސްޓްގާޑް

ގެއްލިގެން ހޯދަމުންދިޔަ ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

ގެއްލިގެން ހޯދީ ވ. އަތޮޅަށް ދަތުރުކުރި 'ސަވާރީ' ނަމަކަށް ކިޔާ ބޯޓެއް؛ އެ ބޯޓު އަޑިއަށް ގޮސްފައި އޮއްވާ ވަނީ ފެނިފައި

މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް މިއަދު ގެއްލިގެން ހޯދަމުންދާ 'މ.ސަވާރީ' ބޯޓު އަޑިއަށް ގޮސްފައި އޮއްވާ ފެނިއްޖެ އެވެ. އެ ބޯޓުން ދަތުރުކުރި ހަ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފުން ބުނީ، 'މ.ސަވާރީ' ބޯޓު ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން ބޯޓުން ދަތުރުކުރި ހަ މީހުން ފެނުނީ، ޑޯނިއަ މަތިންދާބޯޓަށް ކަމަށެވެ. ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނިގޮތުގައި އޭރު ބޯޓު އޮތީ އަޑިއަށް ގޮސްފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި:

  • އެ އެންމެން ތިބީ ލައިފް ޖެކެޓުގައި މޫދުގައި

  • ހަ މީހުން ވަނީ ކޯސްޓްގާޑް ޝިޕް 'ގާޒީ'އަށް ނަގާ ސަލާމަަތްކޮށްފައި

  • އެންމެންގެ ހާލު ވެސް ރަނގަޅު

އެނގުން މުހިންމު - ވ. އަތޮޅަށް ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަމުން އަންނައިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮތީ ވ. އަތޮޅުން ފެށިގެން އައްޑުއަށް މިއަދު މެންދުރު 12 އިން ހަވީރު 5އާ ހަަމައަށް ވައިޓް އެލާޓު ނެރެފަ އެވެ. އެގޮތުން، މެޓުން ލަފާކޮށްފައިވާ ގޮތުގައި:

  • އެ ސަރަހައްދުތަކަށް، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް