ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަތިވެރި ދާއިރާ މެންބަރު ހަސަން ޒަރީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މެމްބަރު ޒަރީރަށް ދިން ހަމަލާ މަޖިލީހުން ކުށްވެރިކޮށްފި

މަރިވެރި ދާއިރާގެ މެމްބަރު ޒަރީރަށް ހަމަލާދީފައިވަނީ މިދިޔަ ހޯމަ ދުވަހު ފަތިހު ކެފޭއެއްގައި އިންނަވަނިކޮށް

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ބަޔަކު ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުން މިއަދު ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޒަރީރަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާ ގޮތުން ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކަށް ޒަރީރު  ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

ބުނީ ކިީކޭ؟ - "މަތިވެރި ދާއިރާގެ މެމްބަރަށް އަމާޒުކޮށް ދިން މި ހަމަލާ އެެންމެ ހަރުކަށި އިބާރާތުން ރައްޔިތުންގެ މަޖިލީހުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

އެ މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ވެސް މަޖިލީހުން ވަނީ ގޮވާލައިފަ އެވެ.

އެނގުން މުހިއްމު - ހެންވޭރު ލޮނުޒިޔާރަތް ޕާކު ކައިރީގައި ހުންނަ 'ހަބީބީ ކެފޭ އެންޑް ބިސްޓްރޯ'ގައި އިންނަވަނިކޮށް ޒަރީރަށް ހަމަލާދީފައިވަނީ 'ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ' އެއްޗަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވަ ދިނެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އޭނާއަށް ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް