އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ބަލި މީހަކަށް ނުބައި އިންޖެކްޝަނެއް ދިނުމުގެ ސަބަބުން އަތުގެ އިނގިލިތައް ބުރި ކުރަން ޖެހުނު ކަމަށް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފައި

އައިޖީއެމްއެޗް

ދިން އިންޖެކްޝަނެއްގެ ސަބަބުން 85 އަހަރުގެ މީހެއްގެ އިނގިލިތައް ބުރި ކުރި ކަމަށް ބުނާ މައްސަލަ ބަލަނީ

ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް އައިޖީއެމްއެޗް އިން ބުނޭ

އައިޖީއެމްއެޗުން ދިން އިންޖެކްޝަނެއްގެ ސަބަބުން، އުމުރުން ދުވަސްވީ މީހެއްގެ އަތުގެ އިނގިލިތައް ބުރިކޮށްލަން ޖެހުނު ކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - އުމުރުން 85 އަހަރުގެ ދިވެހި އަންހެނަކަށް ނުބައި އިންޖެކަޝެއް ދީގެން، އެ މީހާގެ އަތުގެ ހަތަރު އިނގިއްޔެއް ބުރި ކުރަން ޖެހުނު ކަމަށް ބުނާ ތުހުމަތެއް ޝޯޝަލް މީޑީއާގައި ވަނީ ފެންމަތިކޮށްފަ އެވެ. 'ހަސަން ކުރުސީ' ނަމުގައި ޓްވިޓާގައި ހަރަކާތްތެރިވަމުންދާ ވަގު އެކައުންޓުން ކުރި އެ ތުހުމަތާ އެކު އެ މީހާގެ ޑިސްޗާޖް ސަމަރީ ރިޕޯޓާއި އަތުގެ ފޮޓޯތަކެއް ވަނީ އާންމުކޮށްފަ އެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ވަނީ މިރޭ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - އެ ބަޔާނުގައި ބުނީ، އެ މައްސަލައާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ދެނެގަނެ، ބަލި މީހާއަށް ފަރުވާ ދިނުމުގައި ކްލިނިކަލް ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލުކޮށްފައިވޭތޯ، ހޮސްޕިޓަލުގައި އެކުލަވާލާފައިވާ އެފަދަ މައްސަލަ ބަލާ ކޮމިޓީން ތަހުގީގު ކުރަމުންދާ ކަމަށެވެ.

"މި ކޮމިޓީގެ ހޯދުންތައް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ،" ބަޔާނުގައި ބުންޏެވެ.

ޝޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތުގެ ބޮޑުވާ އިނގިލި ފިޔަވާ ހުރިހާ އިނގެއްޔެއް ވަނީ ބުރިކުރުމަށް ފަހު ފަހާފަ އެވެ. އިނގިލިތައް ބުރިކުރުމުގެ ކުރިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އިނގިލިތައް ވަނީ ވަރަށް ބޮޑަށް ކަޅުވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް