މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/މަޖިލިސް)

ކުށްކުރުން

މެމްބަރު ޒަރީރަށް ކެފޭއެއްގެ ތެރެއިން ހަމަލާދީ ޒަހަމްކޮށްލައިފި

އޭނާއަށް ހަމަލާ ދިނީ 'ހަބީބީ ކެފޭ އެންޑް ބިސްޓްރޯ'ގައި އިންނަވަނިކޮށް ރޭ ފަތިހު 5:08 ހާއިރު

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާ ދީ މިއަދު ޒަހަމްކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން އެންމެ ފުރަތަމަ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ޒަރީރަށް ހަމަލާ ދިނީ 'ހަބީބީ ކެފޭ އެންޑް ބިސްޓްރޯ'ގައި އިންނަވަނިކޮށް ރޭ ފަތިހު 5:08 ހާއިރު ކަމަށެވެ.

ނަމަވެސް، ފަހުން ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ޒަރީރަށް ހަމަލާ ދިނީ ތޫނު އެއްޗަކުން ނޫން ކަމަށާއި "ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ" އެއްޗެއް ބޭނުންކޮށްގެން ކަމަށެވެ.

ތަފްސީލް - ހެންވޭރު ލޮނުޒިޔާރަތް ޕާކު ކައިރީގައި ހުންނަ އެ ކެފޭގެ ތެރޭގައި ދިން އެ ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މިކަމާ ގުޅޭ ގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޒަރީރަށް ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ. އޭނާ އަދި އޮންނެވީ އޭޑީކޭގެ ވޯޑުގައި ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް