ގދ. ފަރެސްމާތޮޑާ އިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް 12 ނޮވެމްބަރު 2022 ވަނަ ދުވަހު އަޑިއަށް ދިޔަ ކޮޅުވެއްޓި. (ފައިލް ފޮޓޯ/އެމްއެންޑީއެފް)
4 މީހުންނާ އެކު މާލެއިން ފުރި ދޯންޏެެއް ދިޔަވެ އަޑިއަށްދަނީ
ހަތަރު ދިވެހިންނާ އެކު ރޭ މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށް ދަތުރުކުރި ދޯންޏެއް ދިޔަވެ، އަޑިއަށް ދާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން މިއަދު ހެނދުނު ބުނި ގޮތުގައި، 'މާކުރީ 7' ނަމަކަަށް ކިޔާ އެ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުންނެވެ.
ތަފްސީލް - އެމްއެންޑީއެފުން ބުނީ، ދިޔަވަމުންދިޔަ ދޯނީގައި ތިބި އެންމެން ކޯސްޓްގާޑުން މިހާރު ސަލާމަތްކޮށްފައިވާ ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ދިޔަވި ދޯނި ކަފު ޖަހައިގެން ދިޔަމިގިއްްޔަށް ގެންދިއުމަށް ދަތުރު ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ ދޯނި ދިޔަވާން ފެށީ އިންޖީނު ހުއްޓި، ކަނޑުގަދަވުމުގެ ސަބަބުންނެވެ.
ކޮމެންޓް (1)
އިއްސެ