އޮޯޓިޒަމް އެސޯސިއޭޝަންއާ ގުޅިގެން އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ހަރަކާތް. (ފޮޓޯ/އެމްއޭސީއެލް)

އެމްއޭސީއެލް

އޯޓިޒަމް ޖަމިއްޔާގެ ކުދިންނަށް އެއާޕޯޓުގެ މަސައްކަތްތައް ދައްކާލައިފި

މިއީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެއް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއާ ގުޅިގެން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަހުގެ ގޮތުގައި އޭޕްރީލް ފާހަގަކުރަމުން އަންނައިރު، ފައިސާ ހޯދުމުގެ ހަރަކާތެއްގެ އިތުރުން، އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންނަށް އެއާޕޯޓުގެ މަސައްކަތްތައް ދައްކާލުމަށް ޓުއާއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އޮޯޓިޒަމް އެސޯސިއޭޝަންއާ ގުޅިގެން އެމްއޭސީއެލް އިން ކުރިއަށް ގެންދިޔަ ހަރަކާތް. (ފޮޓޯ/އެމްއޭސީއެލް)

ތަފްސީލް - އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މަސައްކަތްތައް ދައްކާލުމަށް ބޭއްވި ހަރަކާތުގައި އޯޓިޒަމް އެސޯސިއޭޝަންގެ 14 ދަރިވަރުން، ތިން ޓީޗަރުންނާ އެކު ބައިވެރިވި ކަމަށެވެ. 

އެ ހަރަކާތުގެ ތެރެއިން:

  • އެއާޕޯޓުގެ ރޭމްޕް އޮޕަރޭޝަން ކުރިއަށްދާ ގޮތް ދައްކާލި 

  • ފްލައިޓް ހޭންޑްލިންގެ މަސައްކަތްތައް ދައްކާލި 

  • އެއާޕޯޓުގެ އިމަޖެންސީ ސާވިސަސްގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ކުދިންނަށް ދައްކާލި 

  • ފަޔާ އެންޑް ރެސްކިއު ޓީމާ އެކު ފަޔާ ވެހިކަލްތައް ބަލާލައި އެ ތަކެތި މަސައްކަތް ކުރާ ގޮތް ދައްކާލި

ގުޅުން ހުރި ކަމެއް - އެމްއޭސީއެލް އިން ވަނީ، އޯޓިޒަމް އެސޯސިއޭޝަނުން ތައްޔާރުކުރާ އެކި އެއްޗެހި އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ވިއްކުމުގެ ފުރުސަތު މި މަހުގެ ކުރީކޮޅު ދީފަ އެވެ. އެ ޖަމިއްޔާގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް ހިންގި މި ހަރަކާތް ވެސް ކާމިޔާބު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް