އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ހިމެނޭ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖިންސީ ގޯނާ

11 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު ކަމަށް ބުނާ 2 މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ހިމެނޭ

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދެކުނުގެ އަތޮޅެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އެ އިދާރާއަށް ހުށަހެޅީ މިރޭ 11:02 ހާއިރު ކަމަށެވެ.

ތަފްސީލު - އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްުޔަރުކޮށްފައި ވަނީ:

  • އުމުރުން 63 އަހަރުގެ ފިރިހެނެއް 

  • އުމުރުން 25 އަހަރުގެ ފިރިހެނެއް

  • އެއީ ދެ ދިވެހިން

މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް