އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު

ކުޑަ އީދު 2023

ރާއްޖެ އަށް ވެސް މާދަމާ އަކީ އީދު ކަމަށް ކަނޑައަޅައިފި

ސައުދީ އާއި އިސްލާމީ ގިނަ ގައުމުތަކަށް ވެސް މާދަމާއަކީ އީދު ދުވަސް

މާދަމާ އަކީ ރާއްޖެ އަށް ވެސް ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އަށް މާދަމާ އަކީ އީދު ކަމަށް ކަނޑައަޅާ އެކަން އިއުލާނު ކުރެއްވީ ފިތުރު އީދުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާ އަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ބުނީ ކީކޭ؟ - ހަނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު އިރުއޮއްސޭ ވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކަށާއި އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް 1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތީ ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ.

އިސްލާމީ ބައެއް ގައުމުތަކަށް މިއަދު އިރުއޮއްސުމަށް ފަހު،1444 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

  • މިނިސްޓަރު ވިދާޅުވީ ރަމްޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުގެ މަތިން، މާދަމާ އަކީ ފިތުރު އީދު ކަމަށް ކަނޑައަޅާ ކަމަށް

އެނގުން މުހިއްމު - ސައުދީ އަރަބިއާގެ ބައެއް ސަރަހައްދުތަކަށް ޝައްވާލު މަހުގެ ހަނދުފެނިފައިވާ ކަމަށް އެ ގައުމުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް އިންޑޮނޭޝިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކަށް މިއަދު އިރު އޮއްސުނު އިރު ހަނދު ނުފެންނާތީ، އެ ގައުމުތަކުން ކަނޑައަޅާފައިވަނީ ފިތުރު އީދަކީ ހޮނިހިރު ދުވަސް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް