ސްޓެލްކޯގެ އިމާރާތް. ދައުރު ފޮޓޯ

ސްޓެލްކޯ

އޭޕްރިލް-މޭ ހޫނު ގަދަވާނެ، ކަރަންޓު އިގްތިސޯދު ކުރޭ: ސްޓެލްކޯ

އެހެން ދުވަސްވަރުތަކާ އަޅާބަލާއިރު މި ދުވަސްވަރު ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނި

މި ދުވަސްވަރު ކަރަންޓު ބޭނުންކުރާވަރު އިތުރުވަމުންދާތީ ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި އެވެ.

ތަފްސީލް - ކަރަންޓު ބޭނުންކުރާ މިންވަރު މި ދުވަސްވަރު އިތުރުވާ ކަމަށް ބެލެވޭ ސަބަބުތައް ފާހަގަކޮށް، ސްޓެލްކޯއިން މިއަދު ވަނީ ޓްވީޓެއް ކޮށްފަ އެވެ. އެ ޓްވީޓުގައިވާ ގޮތުން:

  • އޭޕްރީލް އަދި މެއި މަހަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައި

  • މި ދުވަސްތައް ރޯދަމަހާ ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައި

  • ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެހެން ދުވަސްވަރުތަކާ ހިލާފަށް މި ދުވަސްވަރު ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަރަންޓު އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވޭ

މި މަސްތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ފަސްމަންޒަރު - ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެންމެ ބޮޑަށް ހޫނުގަދަވަނީ އޭޕްރިލް އަދި މެއި މަހު އެވެ. މިދިޔަ އަހަރު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް އަރާފައިވަނީ އޭޕްރިލް-މެއި ގައި 33.8 ޑިގްރީ ސެލްސިއަސް އަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ދެބައިހަމަ ކައިރީގައިވާ ކަނޑުތަކުގެ ފިނިހޫނުމިން އާދަޔާހިލާފަށް އުފުލެން މެދުވެރިވާ 'އެލްނީނޯ'ގެ އަސަރު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން އިންޒާރުދީފައިވެ އެވެ.

ކޮމެންޓް (2)

އިއްސެ

19 އޭޕްރީލު 2023
ބިލް ބޮޑުކުރަންވެގެން ކުރީބައިގަ އަޅާ ފިޔަވަޅު. ދެން ބުނެވޭނެތާ ތިމަންނާމެން ބުނީމެއްނޫންހޭ ބަލައިގެން އުޅުމައް!!
0 0

ލާރި ގޯނި

19 އޭޕްރީލު 2023
ކަލޭމެންތަ އަހަރެމެންގެ ބިލު ދައްކަނީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް