ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން ގުރައިދޫގައި މިއަދު ކުރިއަށް ދަނީ. (ޓްވިޓާ ފޮޓޯ/ހުސެއިން ޝާފިއު

ގުރައިދޫ ދާއިރާގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4އާ ހަމަައަށް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ތިން ދައުރު އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ރިޒާ، ކެންސަރު ބައްޔަަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެން ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ވަނީ ހުސްވެފަ އެވެ. މިއަދު ކުރިއަށްދަނީ އެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބެވެ.

މި އިންތިހާބުގައި ވާދަކުރަނީ ތިން ޕާޓީއަކުން ތިން ކެންޑިޑޭޓުންނެވެ. އެއީ:

  • ހުސައިން ރިޒާ އާދަމް، ސީވީޑް/ކ. ގުރައިދޫ (ޕީޕީއެމް) - އޭނާ އަކީ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ

  • އިބްރާހީމް ޝާޒު، ފައިވްރޯސް/ކ. ގުރައިދޫ (އެމްޑީޕީ)

  • އަލީ އަރީފް، ފިޔާތޮށިގެ/ކ. ގުރައިދޫ (އެމްއެންޕީ)

ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުން: ކ-ވ: އެމްއެންޕީގެ އަލީ އަރީފް، އެމްޑީޕީގެ އިބްރާހީމް ޝާޒު އަދި ޕީޕީއެމްގެ ހުސައިން ރިޒާ އާދަމް.

ތަފްސީލް - މި ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ، ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގަ އެވެ.

ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ:

  • ގުރައިދޫ - ގުރައިދޫ ކައުންސިލް އިދާރާ (މީޓިން ރޫމް) އަދި ގުރައިދޫ ޔޫތު ސެންޓަރުގައި

  • ގުޅި - ގުޅީ ސްކޫލް

  • މާފުށި - މާފުށީ ސްކޫލުގައި ދެ ފޮއްޓެއް

  • މާލެ - އިއްޒުއްދީން ސްކޫލުގައި

ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން މާފުށީގައި މިއަދު ކުރިއަށް ދަނީ. (ޓްވިޓާ ފޮޓޯ/ހުސެއިން ޝާފިއު
ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓްލުން ގުރައިދޫގައި މިއަދު ކުރިއަށް ދަނީ. (ޓްވިޓާ ފޮޓޯ/ހުސެއިން ޝާފިއު

މާލޭ ފިޔަވައި ދާއިރާގެ ހުރިހާ ރަށެއްގައި ވެސް މިއަދު ހެނދުނު 8 ޖެހިއިރު ވޯޓުލުން ވަނީ ފަށާފަ އެވެ. މާލޭގައި ވޯޓުލުން ފެށީ 8:03ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4އާ ހަމަައަށެވެ.

އެނގުން މުހިންމު - މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3،423 މީހަކަށެވެ. އެއީ:

  • ގުޅި - 615 މީހުން

  • މާފުށި - 1،224 މީހުން

  • ގުރައިދޫ - 1،133 މީހުން

  • މާލެ - 451 މީހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް