މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ އިސް ތިން ލީޑަރުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީ

ފައްޔާޒު ނަޝީދަށް: އިހްތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް

މާދަމާ ބާއްވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ގެއްލުވާލުމަށް ޕާޓީގެ އިސް ސަފުގެ މީހުން މަސައްކަތް ކުރަމުންދާ ކަމަށް ފައްޔާޒު ތުހުމަތުކުރެއްވި

އިހްތިރާމް ކުރެވޭނީ ވަކި ވަރަކަށް ކަމަށާއި އެމްޑީޕީ "ފުނޑުފުނޑުކޮށްލަން" ޕާޓީ ތެރެއިން ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަނުދޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ނުސީދާ އިންޒާރެއް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީއަށް ގެއްލުވާލުމަށް ޕާޓީގެ އިސް ސަފުގެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. 

ބުނީ ކީކޭ؟ - "ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާގެ މެމްބަރުންނަށް ގުޅައި، ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރަމުންދާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރަން،" ރޯދަ ވީއްލަން ކައިރިވެފައި ވަނިކޮށް ފައްޔާޒު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.

ފަސްމަންޒަރު - އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު، އެމަނިކުފާނުގެ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ދަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި އެ ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރުމަށް ނިންމާފަ އެވެ.

ފައްޔާޒުގެ މެސެޖްގައި އިތުރަށް ވިދާޅުވީ، ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ "ތުންފިއްތުން" މިހާރު މުޅިން އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށެވެ.

"ގަސްތުގައި ޕާޓީ ފުނޑުފުނޑުކޮށްލަން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވިޔަ ނުދޭނަން،" އެޑްމިނަށް ތިއްބާވާ ބޭފުޅުންނަށް އެކަނި މެސެޖް ކުރެވޭ ގޮތަށް ހާދާފައި އޮންނަ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވި އެވެ.

ފައްޔާޒު މީގެ ކުރިން ވިދާޅުވެފައި ވަނީ، ނަޝީދަށް ފިޔަވަޅު ނާޅުއްވަނީ އެމަނިކުފާނަށް އިހްތިރާމް ކުރައްވާތީ ކަމަށެވެ. ނަމަވެސް މިއަދުގެ މެސެޖްގައި އޭނާ ވިދާޅުވީ "އިހްތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް" ކަމަށެވެ.

ކޮމެންޓް (4)

އަފީފު އީސާ ހ އ ދިއްދޫ

15 އޭޕްރީލު 2023
ފައްޔާޒުއެވެ އަޅެފަހެ ތީނަ ތިއީ އެމް ޑީ ޕީ ގައި ކިހާ ބުރަދަނެއް ހުރި މީހެއްހެއި ވިސްނަންވީ މީހަކުގެ ނުސީދާ ބާރުގައި ދިފައޮތް ރިޝްވަތުން ތަތްތެޅިފައި އޮތް"ޗެއާރޕަސަނޭ ކިޔާލުމުން ރައީސް މުހައްމަދު ނަޝީދު އަށް"ފައްޔާޒުގެ ބާރުނުހިންގޭނޭކަން ގިނަ މެންބަރުން ފުރައްސާރަކޮށް ބަލައިނުގަންނަނޭކަން
0 0

އަށްސަތޭކަ

15 އޭޕްރީލު 2023
ފައްޔާޒު އެމްޑީޕީއަށް ވަނީ ކޮންއިރަކުތޯ؟ މިހެން އަހާލަން ޖެހުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އުފެދުމުގެ ކުރިން ބޭއްވި އެއްވެސް ޖަލްސާއެއް ނޫނީ މުޒާހަރާއަކުން ފައްޔާޒު ފެނިފައި ނެތީމާ. ބުނާތީ އަޑުއިވޭ ފައްޔާޒު އުޅުނީ މައުމޫނުގެ ދަރިންނާއެކު ރިސޯޓު ޑިވެލޮޕްކުރާށޭ. އެކަމަކު އެތަނުން އެއްވެސް ރިސޯޓެއް ވުޖޫދުގައި ނެތް
0 0

ކެޓް

15 އޭޕްރީލު 2023
ތިމާގެ ހުރި ރުންކުރު ކަމާއި ރުޅި އިސްކުރާ ސިފައިގެ ސަބަބުން ޕާޓީއަށް ލިބޭނެ މޮޅެއް ނެތް. ޕާޓީ ގަނޑު ތިޔަ ހިސާބަށް ގެނެސްދިނީ އަންނިގެ މަސައްކަތުން. ފިސާރި ޖޯޝާއި ލޯތްބާއި ކުލުނުން. ތަރުހީބު އޮހުނު
1 0

އެޑްމިން

14 އޭޕްރީލު 2023
ހަމައެކަނި އެޑްމިނަށް މެސެޖު ކުރެވޭގޮތަށް ގްރޫޕް ހަދާފައި ބޭއްވުމަކީ ޚުދުމުޚުތާރު ސިފައެއް
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް