ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލީސް

ކުދި އާބާދީތަކަށް ފުޓުބޯޅަ ދަނޑު އަޅައިދޭތީ ފީފާގެ ރައީސް ހުރީ ކޮސްވެފައި: މަހުލޫފް

މި އަހަރު 50 ވަނަ ފުޓުބޯޅަ ދަނޑު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި

މި ސަރުކާރުން ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށުގައި ވެސް ފުޓުބޯޅަ ދަނޑު އަޅައިދޭތީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހުންނެވީ ކޮސްވެފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަހުލޫފް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހުސެއިން އެއްސެވީ ސަރުކާރުން އިސް ނަގައިގެން ފުޓުބޯޅައިގެ ކުރިއެރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ސުވާލެކެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ރާއްޖޭގައި ފުޓުބޯޅަ ކުރިއެރުވުމަށް މި ސަރުކާރުން ބޮޑު ދައުރެއް އަދާކުރާމުން އަންނަ ކަމަށެވެ. މިސާލަކަށް އޭނާ ނެންގެވީ ރާއްޖޭގައި އަޅަމުން އަންނަ ފުޓުބޯޅަ ދަނޑުތަކުގެ އަދަދެވެ.

"މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ 50 ވަނަ ފުޓުބޯޅަ ދަނޑު އަޅުގަނޑުމެން ހުޅުވައި ދޭނަން. ހިމަންދޫ، މިއަދު އެ ހަވާލުކުރީ އެ މަސައްކަތް ނިންމާފައި،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އެ ވާހަކަ ފީފާގެ ރައީސް އިންފަންޓީނޯއާ ހިއްސާކުރުމުން އޭނާ ވެސް ހުންނެވީ ކޮސްވެފައި ކަމަށެވެ.

"އިންފަންޓީނޯއާ ދިމާވެގެން ފުޓުބޯޅަ ދަނޑު އަޅާ ވާހަކަ ބުނީމަ ހުރީ ކޮސްވެފައި. އެހެންނު ވާނީ ކުޑަ ކުޑަ ގައުމެއްގައި، 300 މީހުންނަށް ވެސް އެބަ އަޅައިދެން ދަނޑު،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

އިސްލާހު

15 އޭޕްރީލު 2023
އެކަމަކު ނެޝަނަލް ފުޓްބޯލް ސްޓޭޑިއަމް މިކިޔާތަން އޮތީ ހަމަ އޮތް ގޮތަށް.. އެހެންވީމާ އެލިފަންޓީނޯ ވިޔަސް އިންފެންޓީނޯ ވިޔަސް ހިނިއަންނާނެ އެކަހަލަ ވާހަކަ ދެއްކީމަ...
1 0

މަގުދު

13 އޭޕްރީލު 2023
ފީފާގެ ރައީސްއަށް ވެސް އެގޭ ކޯޓުގައި ކޮރަޕްޝަން މައްސަލަ އޮތްކަން ވެސް އަދި މިހާރުވެސް އެކިއެކި ޕްރޮޖަކްޓް ތަކުން ބޮޑުކޮށް ކަޓުނަގާކަށް އެހެމްވީމާ ނަސީބުތާ ހައިރާމްވީކަން އަހަރެންނަމަ އަންތަރީސް ވީއެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް