ފެނަކަ އޮފީސް ކައިރީ ބަޔަކު މުޒާހަރާކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން
ފެނަކައިން އަމިއްލަ ކުންފުނިތަކަށް ފައިސާ ނުދޭތީ މުޒާހަރާކޮށްފި
ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ، އެ ކުންފުނިތަކުން ފެނަކަ އޮފީސް ކުރިމަތީގައި މިއަދު އަޑުއުފުލައިފި އެވެ.
ވީ ކިހިނެއް؟ - އެކި ކުންފުނިތައް ލައްވާ މަސައްކަތްކުރުވުމަށް ފަހު ނުވަތަ ހިދުމަތް ނުދޭ ކަމަށް ބުނެ، ފައިސާ ނުދޭ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާ އެކު ފެނަކަ ހިންގާ ޕޯޓް ކޮމްޕްލެކްސް ދޮރުމަތީ މިއަދު ބަޔަކު އަޑު އުފުލާފައިވެ އެވެ.
އެ ތަނުން އެއް ބެނާއެއްގައި، ފެނަކައިން ބަޔަކަށް މިލިއަނުން ފައިސާ ދޭން ޖެހޭ ކަމަށް ވެސް ލިޔެފައިވެ އެވެ.
ނަމަވެސް، ފެނަކަ އިން ވަނީ އެ މީހުންގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުންް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ފެނަކަ އޮފީސް ކައިރީ ބަޔަކު މުޒާހަރާކޮށް، ހިތްހަމަނުޖެހުން ފާޅުކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދޭ ކަމަށް ބުނާ މައްސަލައިގައި ސައީދު ވިދާޅުވީ ފައިސާ ނުދީ ނުހުންނާނެ ކަމަށާއި ނަމަވެސް ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށެވެ.
"[ފައިސާ ނުދައްކާ ވާހަކަ] އެއީ ރަނގަޅު ވާހަކައެއް ނޫން. އެކަމަކު އެބަހުރޭ ލަސްތަކެއް. އެއްވެސް ކުންފުންޏަކަށް ދޭން ޖެހޭ ފައިސާއެއް ނުދީއެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
"ފެނަކައިން ބަރާބަރަށް ލާރި ދޭނެ، ތަންކޮޅެއް ލަސްސްވެފައި ހުރެދާނެ."
ފައިސާ ދިނުމުގައި ލަސްކަމެއް އުޅެނީ ކުންފުނީގެ ކޭޝްފްލޯގެ މައްސަލައެއް އުޅޭތީތޯ ސުވާލުކުރުމުން ސައީދު ވިދާޅުވީ، ފައިސާގެ މުއާމަލާތްތައް ލަސްވެދާނެ ބައިވަރު ހާލަތްތައް ހުރެދާނެ ކަމަށެވެ.
"އެކަމަކު ނުދީއެއް ނޯންނާނެ. ބަރާބަރަށް ދޭ. ނުދެންޏާ ކީއްވެގެންތޯ އިރުއިރުކޮޅާ މި ތަނާ އެކު ވިޔަފާރީގެ މުއާމަލާތް ކުރައްވަނީ؟،" އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ފެނަކައިން އެސްޓީއޯގެ ބިލުތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ބިލިއަނަކަށް ވުރެ މައްޗަށް އަރައި އޭގެ ސަބަބުން އެސްޓީއޯގެ ކޭޝްފްލޯއަށް ދަތިވާ ކަމަށް އެ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ
ކޮމެންޓް (4)
ހަމަ ރތލޖހ ވގއް
ޖޭމުގޭ އަހައްމައިދީ
ޞައްދާމު
ޞައްދާމު