ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުވުމަށްޓަކައި ހިންގާ ގައުމީ ކެމްޕެއިން އިފްތިތާހުކުރުމަށް މީގެކުރިން ބޭއްވި ހަފްލާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މިނިސްޓަރު ނަސީމް (ފޮޓޯ/ހެލްތު މިނިސްޓްރީ)

ރާއްޖެއިން މިއަހަރު ރުބެއްލާ ނައްތާލުމަށް އަމާޒުހިފައިފި

2025 ގެ ނިޔަލަށް ޓީބީ ނައްތާލުމަކީވެސް ރާއްޖޭގެ އަމާޒެއް
7 އޭޕްރީލު 2023

ރާއްޖެއިން މިއަހަރު ރުބެއްލާ ނައްތާލުމަށް އަމާޒު ހިފާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެއިން ސިއްހީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކާއި ލަނޑުދަނޑިތަކާ ގުޅޭގޮތުން މިނިސްޓަރު ވާހަކަދެއްކެވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ދެއްވި ހިތާބުގަ އެވެ.

ބުނީ ކީކޭ؟ - މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ "ހެލްތް ފޯ އޯލް" ނުވަތަ "އެންމެންނަށް  ސިއްހަތު"  ޝިއާރާ ގުޅޭ ސިޔާސަތުތައް މިވަގުތު  އެންމެ ބާރަށް  ތަންފީޒު  ކުރާ އެއް  ގައުމަކީ  ރާއްޖެކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ ރާއްޖެ ކުރިއަށްދަނީ، ސަރަހައްދު  ތަކަށް މުޅި ގައުމު ބަހާލެވިގެން،  ޓާޝަރީ  އަމާޒުގައި ކަމަށެވެ. ނަސީމް ވިދާޅުވީ ދުނިޔެ  ހޯދި  ކޮންމެ  ކާމިޔާބީއެއް  އޭގެ  އެންމެ  ފުރިހަމަ  ގޮތުގައި  ރާއްޖެއިން  ވެސް ހޯދި ކަމަށެވެ. އެކަމަށް ބާރުދެއްވުމުގެ ގޮތުން އޭނާ ފާހަގަކުރެއްވީ:

  • ކަމާ  ގުޅޭ  އދގެ  ހުރިހާ  ޖަމިއްޔާތަކާ  އެކު  މަސައްކަތް  ކުރި

  • ކުޑަކުދިންނާ އަންހެނުންނަށް ހާއްސަ ކަންމުގައި ޝާމިލްވެވުނު

  • ބޮޑެތި ބައެއް ބަލި ތަށް ނައްތާލެވި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވުނު

  • މެލޭރިއާ، ހިމަބިހި، ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ހޯދައިދެވުނު

ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވުނަސް، ނަސީމް ވިދާޅުވާ ގޮތުގައި އަދިވެސް ހައްލު ހޯދަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ ސަރުކާރުން އަމާޒުހިފާފައިވަނީ:

  • މިއަހަރު ރާއްޖެއިން ރުބެއްލާ ނައްތާލުމަށް

  •  2025 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް

  • ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީ ވެސް މުޅިން ފޮހެލުމަށް

 "ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ބަލިކަށި"

ނަސީމް ވިދާޅުވީ، ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ކުރިން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ބަލިކަށިވެފައިވާ ކަމަށެވެ.

"ފާރަވެރިކަމާއެކު ތިމާގެ ސިއްހަތު ވިލަރެސް ކުރުމުގެ ބަދަލުގައި، ކޮންމެ ފަރުދަކަށްމެ މިހާރު އިސްކަންދެވެނީ، ފެންނަން ހުރި ކްލިނިކުން، ނުވަތަ ހެލްތް ސެންޓަރުން ނުވަތަ ހޮސްޕިޓަލަކުން ދެވެނީ ކޮންކަހަލަ ހިދުމަތެއްތޯ ބެލުމަށް. ނަމަވެސް ހަމައެކަނި މިކަމަކުން ސިއްހީ ދުޅަހެޔޮކަމެއް މުޅިން ކަށަވަރެއް ނުކޮށްދެވޭ" ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިގު މުއްދަތުގެ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކާ އާދަތައް ބަހައްޓަންވާ ގޮތާމެދު ސަމާލުވާން ޖެހޭ ކަމަށާއި، ރައްޔިތުން ބަރޯސާވާންވީ "ކިޔުރޭޓިވްކެއާ" އަށްވުރެ ޕްރެވެންޓިވް ކެއާ ހޯދުމަށް ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ މި ސަރުކާރުގެ "ދުޅަހެޔޮ ހަށިހެޔޮ" މުޖްތަމައަށް ވާސިލުވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

"އަޅުގަޑުގެ އުއްމީދަކީ، ކައިރި މުސްތަގްބަލެއްގައި ޕްރިމަރީ ހެލްތް ކެއާ އަށާއި އާއި ޕަބްލިކް ހެލްތަށް އިސްކަން ދެވޭ ފުރިހަމަ ނިޒާމެއް ގާއިމުކުރުން. މި އަމާޒަށް ވާސިލު ވުމަށް ސިއްހީ ދާއިރާ އިން ކުރަން ޖެހޭ ކަންކަން މިހާރު މިގެން ދަނީ ތައާރަފު ކޮށް ނިޒާމީ ކުރަމުން. " ނަސީމް ވިދާޅުވިއެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް