މައި ކޮލެޖާއި ށ. އަތޮޅު ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/މައި ކޮލެޖު

މައި ކޮލެޖް

މައި ކޮލެޖުން ށ. އަތޮޅުގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކެއް

20 ދަރިވަރަކަށް އެމްބީއޭ އަދި 13 ދަރިވަރަކަށް އަންޑާ ގްރެޖުއޭޓު ޕްރިޕަރޭޓަރީ ޕްރޮގްރާމުތަކުން ފުރުސަތު ދޭނެ

ށ. އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ށ. އަތޮޅު ކައުންސިލާއި މައި ކޮލެޖާ ދެމެދު އިއްޔެ އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ތަފްސީލް - އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ދަށުން:

  • 20 ދަރިވަރަކަށް މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމުން ފުރުސަތު ދޭނެ؛ އެ ދަރިވަރުންނަށް ކޯސްފީން %50 ޑިސްކައުންޓް ދޭނެ

  • 13 ދަރިވަރަކަށް އަންޑާގްރެޖުއޭޓު ޕްރިޕަރޭޓަރީ ޕްރޮގްރާމުތަކުން ފުރުސަތު ދޭނެ؛ އަންޑާގްރެޖުއޭޓު ޕްރިިޕަރޭޓަރީ ޕްރޮގްރާމުން ޖާގަ ލިބޭ ކުދިން އެންރޯލު ކުރާނީ އެމްއައިސީ ކޮމިއުނިޓީ ޕްރޮގްރާމުގައި

ބުނީ ކީކޭ؟ - މި އެމްއޯޔޫއާ ގުޅޭ ގޮތުން މައި ކޮލެޖުގެ ރެކްޓާ ލަމްޔާ އަބްދުލް ހާދީ ވިދާޅުވީ، މިއީ ށ. އަތޮޅުގައި  މަތީ ތައުލީމުގެ ފުރުސަތުތަކަށް ބޭނުންވެފައި ތިބި ދަރިވަރުންނަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށެވެ.

"މިއީ ކޮލިޓީ ތައުލީމު ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް. ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފުރުސަތުތަކުގެ ފެންވަރު މަތިކޮށް، ކޮލިޓީ ހިދުމަތް ފޯރުކޮށްދޭން އަބަދުވެސް މަސައްކަތް ކުރަން،" ލަމްޔާ ވިދާޅުވި އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ މައި ކޮލެޖާ އެކު ހެދި އެއްބަސްވުމަކީ އަތޮޅުގެ ޒުވާނުންނަކީ ތައުލީމީ، ގާބިލު ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް