މަޖިލީހުގެ ޖަލްސާއެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މަސްވެރިކަން

ރެކޯޑު ނުކުރާތީ ބޭރުކުރާ މަހުގެ ތެރެއިން އަނބުރާ ފޮނުވާލާ ވަރެއް ނޭނގޭ

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަނބުރާ ފޮނުވާލާ ނުވަތަ ރިޖެކްޓް މަހުގެ ހިސާބު މިނިސްޓްރީން ބަލަހައްޓަމުން ނުދޭ

ރާއްޖެއިން ބޭރުކުރާ މަހުގެ ތެރެއިން ނުގަނެ އަނބުރާ ފޮނުވާލާ ނުވަތަ ރިޖެކްޓް މަހުގެ މިންވަރަކީ މިނިސްޓްރީން ބަލަހައްޓާ ހިސާބުތަކެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މި ގޮތަށް ވިދާޅުވީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިއުމުން ފޮނުއްވި ޖަވާބުގަ އެވެ. އެ ޖަވާބު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މެމްބަރު މިނިސްޓަރާ ސުވާލުކުރެއްވީ:

  • ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ގައުމުތަކާއި މިންވަރާ ގުޅޭ ތަފްސީލުތައް ހޯއްދެވުމަށް 

  • އޭގެ ތެރެއިން ނުގަންނަ މަހުގެ ތަފްސީލްތައް ދިނުމަށް ވެސް އެދިވަޑައިގެންނެވި

ބުނީ ކީކޭ؟ - މެމްބަރުގެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު މަޖިލީހަށް ފޮނުއްވި ތަފާސްހިސާބުތަކުގައިވާ ގޮތުން:

  • ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރަނީ ތައިލެންޑަށް

  • 2021ގައި ރާއްޖެއިން އެކްސްޕޯޓުކުރި މަހުގެ %68 އަކީ ގަނޑުކޮށްފައި ހުންނަ މަހުގެ ގޮތުގައި ތައިލެންޑަށް ވިއްކި މަސް

  • ދެން އެންމެ ގިނައިން މަސް އެކްސްޕޯޓުކުރަނީ ޖަޕާނަށާއި މޮރިޝަސްއަށް

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ގައުމުތަކަށް ފޮނުވާ މަހުގެ ތެރެއިން އަނބުރާ ފޮނުވާލާ ނުވަތަ ރިޖެކްޓް މަހުގެ ހިސާބު މިނިސްޓްރީން ބަލަހައްޓަމުން ނުދެ އެވެ.

"އެކްސްޕޯޓުކުރާ މަހުން ރިޖެކްޓްވާ އަދަދުތަކަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެއްވެސް ކުންފުންޏަކާ ގުޅޭ ގޮތުން މި މިނިސްޓްރީން ހޯދައި ރިކޯޑްކުރާ މައުލޫމާތުތަކެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް