ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

މޮޓޯކޭޑު މުޒާހަރާގެ ތެރެއަށް ވަން މައްސަލާގައި ރައީސްގެ ސެކިއުރިޓީ ފެއިލްވިތޯ ބަލަނީ

އިދިކޮޅުން ބުނާ ގޮތުގައި، މޮޓޯކޭޑަށް "ހުރަސް އެޅި" ކަމަށް ބުނެ މުޒާހަރާއިން ބަޔަކު ހައްޔަރުކުރީ ސެކިއުރިޓީ ފެއިލްވުމުން އެ ކަމުގެ ޒިންމާއިން ރެކެން

އިދިކޮޅު ކޯލިޝަނުން ކޮންމެ ރެއަކު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި އެއްވުމުގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަން މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކިއުރިޓީ ބްރީޗުވެފައިވޭތޯ ބަލަމުންދާ ކަމަށް އެމްއެންޑީއެފް އިން މިއަދު ބުނެފި އެވެ.

ވީ ކިިހިނެއް؟ - އިދިކޮޅު ޕީޕީއެމް/ޕީއެންސީން އާންމުކޮށް ކުރިއަށް ގެންދާ ގޮތަށް، ރޭ ވެސް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާތަކުގެ ތެރެއިން، ރައީސްގެ މޮޓޯކޭޑަށް "ހުރަސް އެޅި" މައްސަލައެއް ބަލަން ފަށައި ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.

އެކަމަކު، އިދިކޮޅުން ބުނަނީ:

  • ރައީސްގެ މޮޓޯކޭޑް އެ ތަނަށް ދިޔައީ އެ ޕާޓީން އިހުތިޖާޖުކުރަމުން ދަނިކޮށް

  • މޮޓޯކޭޑަށް "ހުރަސް އެޅި" ކަމަށް ބުނެ މުޒާހަރާއިން ބަޔަކު ހައްޔަރުކުރީ ސެކިއުރިޓީ ފެއިލްވުމުން އެ ކަމުގެ ޒިންމާއިން ރެކެން

ތަފްސީލް - މިކަމާ ގުޅިގެން، ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ ބަލަމުންދޭތޯ 'ދައުރު'ން ސުވާލުކުރުމުން އެމްއެންޑީއެފްގެ ތަރުޖަމާނަކު ހަމައެކަނި ވިދާޅުވީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހިނގަމުންދިޔަ މުޒާހަރާއެއްގެ ތެރެއަށް ރައީސްގެ މޮޓޯކޭޑް ވަނުމަކީ އިއްތިފާގެއް ކަމަށް ނުބެލެވޭ ކަމަށް ބުނެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ މަގާމުން ވަކިކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަަލައެއް ވެސް ހުށަހެޅި އެވެ.

ނަމަވެސް، އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

ގުޅުންހުރި ކަމެއް - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 6 މެއި 2021ގައި ދިން ބޮމުގެ ހަމަލާގައި ވެސް ނަޝީދުގެ ސެކިއުރިޓީ ބްރީޗުވެ، އެމްއެންޑީއެފްގެ އިހުމާލު އޮތް ކަމަށް އެ މައްސަލައިގައި މަޖިލީހުން އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ އިންކުއަރީ ރިޕޯޓުގައިވާ ގޮތުން:

  • ހަމަލާގެ ދެ ދުވަސް ކުރީން، ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް، އާންމުންގެ މީހެއްގެ ފަރާތުން ލިބިވަޑައިގަތް

  • އިލްޔާސް ވަނީ އެކަން 4 މެއި 2021ގައި މާރިޔާއާ ހިއްސާކުރައްވާފައި

  • އެ މައުލޫމާތު އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި އޮތް ނަމަ، ހަމަލާ ހުއްޓުވުމުގެ ފުރުސަތު އޮންނާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް