ދިރާގު އަދި މަމްސް އެއިޑް އިން މި ރޯދަމަހު 100 އާއިލާއަަކަށް އެހީދޭނެ

ދިރާގާއި މަމްސް އެއިޑް ގުޅިގެން ރޯދަމަހު 100 އާއިލާއަށް އެހީވަނީ

ދިރާގާއި މަމްސް އެއިޑް ގުޅިގެން އެ ޖަމިއްޔާގެ 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

ތަފްސީލް - ދިރާގުން މިއަދު ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާން ނިންމީ، ރޯދަމަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި މައިންނަށް އެހީވުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުންދިނުމުގެ ގޮތުން ކަމަށެވެ.

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު، ބިޝާރާ ހަމީދު ވިދާޅުވީ:

  • އަންހެނުން ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ދާއިރާއެއް 

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަން

މަމްސް އެއިޑަކީ؟ - އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ކުރިއަށް ގެންދާ 'ރަމަޟާން އެއިޑް'ގެ  މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މަމަސް އެއިޑް ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ 'ރަމަޟާން އެއިޑް' ކެމްޕެއިނަށް ދިރާގުން ވެދިން ދީލަތި އެހީތެރިކަމަށް އެ ޖަމިއްޔާއިން ޝުކުރު އަދާކުރި އެވެ.

"ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރޯދަމަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއަ ޕެކޭޖްތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށްދެވޭނެ," މަމްސް އެއިޑްގެ ޕްރޮގްރާމްގެ ޑިރެކްޓަރު ފާތިމަތު އުމްރާ ވިދާޅުވި އެވެ.

ރާއްޖޭގައި އެހީތެރިކަން ބޭނުންވެފައިވާ އާއިލާތަކަށް ރޯދަމަހު އެހީ ދިނުން ކުރިއަށް ގެންދާ މި ކެމްޕެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށް ވެސް ހުޅުވާލައިފަ އެވެ.

އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ މިފަދަ ތަފާތު ޕްރޮގްރާމްތަކަށް ދިރާގުން މީގެ ކުރިން ވެސް އެއްބާރުލުންދީ ބައިވެރިވެފައި ވެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް