މުހައްމަދު އަނަސް: އޭނާގެ މަރަށް ފަސް އަހަރު ވެއްޖެ.

އަނަސްގެ މަރު

އަނަސްގެ މަރު: ބައެއް ހެކިވެރިންނަށް ބިރުދެއްކުމުން ކޯޓަށް ހާޒިރެއް ނުވި

މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވި ގޮތުގައި، ހުލާސާ ބަޔާން އިއްވުމަށް އަންނަ މަހު ބާއްވާ އަޑުއެހުމަށް ފަހު، ދެން އޮންނާނީ ހުކުމް ކުރުން

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރީންނަށް ބިރުދައްކާފައިވާ ކަމަށް، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފި އެވެ. 

ވީ ކިހިނެއް؟ - އަނަސްގެ މަރަށް ފަސް އަހަރުވެފައި ވާއިރު، މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމެވެ.

ތަފްސީލް - ދައުލަތުން ހުށަހަޅާފައިވާ ބައެއް ސިއްރު ހެކިވެރިން ކޯޓަށް ހާޒިރުވެފައިނުވާތީ އެ މީހުންގެ ހެކިބަސް ނެގިފައެއް ނުވެ އެވެ. ދައުލަތުން ކޯޓުގައި ބުނި ގޮތުގައި، އެ މީހުން ކޯޓަށް ހާޒިރުނުވީ ނުފޫޒު ފޯރުވައި ބިރުދައްކާތީ އެވެ.

ނަމަވެސް، އޭގެ ތަފްސީލެއް ދައުލަތަކުން ނުދެ އެވެ.

  • މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 13ގައި

  • އެ ދުވަހު އޮންނާނީ ހުލާސާ ބަޔާން އިއްވުން 

  • މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވި ގޮތުގައި، ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމަށް ފަހު، ދެން އޮންނާނީ ހުކުމް ކުރުން

މައްސަލައިގެ ފެށުން - މުހައްމަދު އަނަސް، ފެންފިޔާޒުގޭ/ ރ. މީދޫ، އަނިޔާވެރިގޮތަކަށް މަރާލީ ޖުލައި 2017ގަ އެވެ. އަނަސްގެ މަރުގެ ތަހުގީގަށް ފަހު ފުލުހުން ބުނެފައި ވަނީ އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާދޭން ރާވައިގެން ނޫން ކަމަށާއި އެކަން ހިނގީ އެހެން މީހަކަށް ހަމަލާ ދޭން އުޅެނިކޮށް "އޮޅިގެން" ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ އަށް މީހެއްގެ މައްޗަށެވެ. އެއީ:

  • މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/ މާލެ 

  • ޖުނައިހު އަބްދުﷲ، ނަންނާރިގެ/ ލ. ގަން ތުނޑީ 

  • ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ 

  • ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/ މާލެ

  • އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ 

  • އުސްމާން ޝަރީފް، މ. ދިމިޝްގު/ މާލެ

  • 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ވެސް ދައުވާ އުފުލި؛ އޭނާގެ މައްޗަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށް ލުމަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހުކުމްކޮށްފައި

ފާހަގަކޮށްލެވޭ ކަމެއް - އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނުގައި 24 ވަރަކަށް ޒަހަމް ހުއްޓެވެ. އޭގެ ތެރޭގައި ފުން، ބޮޑެތި ޒަހަމްތަކެއް ވެސް ހުއްޓެވެ.

އަނަސްއަށް ފަރުވާދެއްވި ޑޮކްޓަރު ޝަރީއަތުގެ މަޖިލީހުގައި ކުރިން ވިދާޅުވެފައިވާ ގޮތުގައި:

  • ކަރުގެ އެއް ފަރާތަކުން ބޮޑު ޒަހަމެއް ފެންނަން ހުރި

  • ފުއްޕާމެއާ ދިމާލުން މެއަށް ދީފައިވާ ބޮޑު ޒަހަމެއް ހުރި

  •  ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި 

  • އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް

  • އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް