އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީ އިން ކުރަނީ

އަމީނީމަގު

އަމީނީ މަގު ހަދަނިކޮށް ކޭބަލެއް ބުރިވެ ބައެއް ގެތަކުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯއިން ދަނީ އަލުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން

އަމީނީ މަގު ހެދުމުގެ މަސައްކަތެއް ކުރަނިކޮށް، ޑިސްޓްރިބިއުޝަން ކޭބަލެއް ބުރިވެ އެ މަގުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯއިން ބުނިގޮތުގައި އަމީނީ މަގުގައި އޮތް ކޭބަލެއް ބުރިވާން ދިމާވީ އެ މަގު ހެދުމުގެ މަސައްކަތަށް ކޮނުމުގެ ތެރޭގަ އެވެ.

ތަފްސީލް - ތަފްސީލް ދެމުން ސްޓެލްކޯއިން ބުނީ:

  • ގެއްލުންވެފައިވަނީ ގަލޮޅު ޕޮލިހާ ދިމާލުން އަޅާފައިވާ ޑިސްޓްރިބިއުޝަން ކޭބަލަކަށް

  • ކޭބަލް އަށް ގެއްލުންވެ، އަމީނީ މަގުގެ ބައެއް ގެތަކުން މިއަދުގެ ހަވީރު 4:40 އެ ހާއިރުން ފެށިގެން ވަނީ ކަރަންޓް ކެނޑިފައި

  • އެ މައްސަލަ ހައްލުކޮށް ކަރަންޓް ކެނޑިފައިވާ ގެތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނި

ފާހަގަކޮށްލެވޭ ކަމެއް- އަމީނީ މަގު ތަރައްގީ ކުރަނީ މާލޭ ސްޓްރީޓް ސްކޭޕިން މަޝްރޫއުގެ ދަށުން އާރްޑީސީ އާއި ހަވާލުކޮށްގެން ނެވެ. އެގޮތުން އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން: 

  • މަސައްކަތް ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށް

  • 210 ދުވަހުގެ ތެރޭގައި ނިންމަން ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ މިދިޔަ ޖުލައި 3ގައި ހަވާލުކުރި މަސައްކަތް ލަސްވެ، މިހާރު ދީފައިވާ ތާރީހަކީ އަންނަ ސެޕްޓެމްބަރު

  • މިހާރު ކުރިއަށް ދަނީ ފަސް ވަނަ ސެގްމެންޓުގެ މަސައްކަތް؛ އެއީ އަމީނީ މަގު ކޮއިމަލާ ހިނގުމާ ހިސާބުން ގާކޮށި ފްލެޓާއި ހަމައަށް

  • އަމީނީ މަގު ދަރުބާރުގެ ކައިރިން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އަޅައި މަގުގެ އެބައި ވަނީ ވަގުތީ ގޮތުން ހުޅުވާލައިފައި

  • މިހާރު ހަދާ ސަރަހައްދުގައި ގާ އަތުރައި ރޯދައަށް އެބައިވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުން

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް