ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު. (ފޮޓޯ/ޖޭއެސްސީ)

ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފި

އެ ގޮތަށް ހަމަޖެއްސީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އިއްޔެ ކުރެއްވުމުން

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ އިއްޔެ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އާދަމް މުހައްމަދާ ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރީ، އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލް، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ އިއްޔެ ކުރެއްވުމުންނެވެ.

ތަފްސީލް - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނި ގޮތުގައި، ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހިންގުން އާދަމް މުހައްމަދާ ހަވާލުކުރުމަށް ނިންމީ މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

  • އާދަމް މުހައްމަދު ވަނީ މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވަގުތީ ގޮތުން ކުރައްވާފައި 

  • އެއީ އެ ކޯޓު ހިންގަވަމުން ގެންދެވި ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމާ ގުޅިގެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް