ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް (ފޮޓޯ/އަވަސް)
ޔާމީނަށް ހުކުމްކުރި ގާޒީ ޝަކީލަށް ހައިކޯޓްގެ ފަނޑިޔާރުކަން ދޭން ނިންމައިފި
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓް ފަނޑިޔާރަކަށް ހަމަޖައްސަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.
ފާހަގަކޮށްލެވޭ - އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ މުއާމަލާތުގެ ފައިސާއިން މަނީ ލޯންޑާކޮށްފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ގާޒީ ޝަކީލް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީއިން މިއަދު ބުނި ގޮތުގައި ޝަކީލް ހައިކޯޓަށް ހަމަޖައްސަން ނިންމީ އެ މަގާމަށް ކުރިމަތިލީ ހަތަރު ބޭފުޅުންނާ، "ފަނޑިޔާރުން އައްޔަންކުރުމުގައި ލަފާ ދޭ ކޮމިޓީ"އިން އިންޓަވިއު ކުރުމަށް ފަހު އެވެ. އެގޮތުން އެ ނިންމުން ނިންމީ އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޝަކީލްގެ ތައާރަފެއް
-
ޝަކީލް ފުރަތަމަ ފަނޑިޔާރަކަށް އައްޔަން ކުރީ 23 މާޗް 2003ގައި
-
އޭނާ ވަނީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗްލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލްކުރައްވާފައި
-
ޝަކީލް ފަނޑިޔާރުކަން ކުރައްވާތާ 19 އަހަރުވަނީ ވެފައި
-
ކްރިމިނަލް ކޯޓްގެ އިތުރަށް އޭނާ ވަނީ އއ.އުކުޅަސް ކޯޓާއި، ޖުވެނައިލް ކޯޓް އަދި ފެމެލީ ކޯޓުގެ ގާޒީކަން ކުރައްވާފައި
އެނގުން މުހިންމު - ޔާމީންގެ މައްޗަށް ގާޒީ ޝަކީލް އިއްވެވި ހުކުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފާޑުކިޔުމާއި ތުހުމަތުތައް އޭނާއަށް އަމާޒުވެފައިވެ އެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމުގެ މައްސަލަ މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުވެސް ކޮށްފަ އެވެ.
ކްރިމިނަލް ކޯޓަށްވެސް އާ 3 ގާޒީއެއް
ޖޭއެސްސީއިން މިއަދު ބުނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓަށް ވެސް އާ ތިން ގާޒީއަކު ހަމަޖައްސަން ވަނީ ފާސްކޮށްފަ އެވެ. އެގޮތުން ފަނޑިޔާރުން އައްޔަންކުރަން ލަފާ ދޭ ކޮމިޓީއިން އިންޓަވިއުކުރުމަށް ފަހު ކްރިމިނަލް ކޯޓަށް އައްޔަން ކުރުމަށް ނިންމީ:
-
1-
ސ.މަރަދޫ، އެށެވެލި އިބްރާހީމް އިހްސާން
-
2-
ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ އިބްރާހީމް ޒިހުނީ
-
3-
ރ.ރަސްގެތީމު، ގުލާބީގެ، އާމިނަތު އަޒްލިފާ
އިހްސާންގެ ތަައާރަފް -
-
ގއ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް
-
ރާއްޖޭގެ ގައުމީ ޔުނިވަސިޓީއިން ގާނޫނީ ދާއިރާއިން ބެޗްލާޒް ޑިގްރީއެއް ހާސިލް ކުރައްވާފައި
-
އިހުސާން ވަނީ 2016ގައި ލީގަލް އޮފިސަރެއްގެ ގޮތުގައި ގއ.ވިލިނގިލީ ކޯޓްގައި މަސައްކަތް ކުރައްވާފައި
ޒިހުނީގެ ތައާރަފް -
-
މިސްރުގެ އަޒުހަރު ޔުނިވަސިޓީއިން ގާނޫނީ ދާއިރާއިން ބެޗްލާއެއް ހާސިލް ކުރައްވާފައި
-
އޭނާ މިވަގުތު ހުންނެވީ ޕީޖީގެ ލޯޔަރެއްގެ ގޮތުގައި؛ އޭނާ އެ މަގާމުގައި ހުންނަވަނީ 2016އިން ފެށިގެން
-
2013 ފެބްރުއަރީން ފެށިގެން އެމްޑަބްލިއުއެސްސީ އަދި 2014 ވަނަ އަހަރުން ފެށިގެން ޑްރަގް ކޯޓުގައި ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ
އަޒްލިފާގެ ތައާރަފް -
-
ކުއްލިއްޔާއިން ގާނޫނީ ދާއިރާއިން ބެޗްލާއެއް އަދި ވިލާކޮލެޖުން ގާނޫނީ ދާއިރާއިން މާސްޓާޒް ހާސިލް ކުރައްވާފައި
-
އޭނާ މިހާރު ހުންނެވީ ކްރިމިނަލް ކޯޓްގެ ލީގަލް އޮފިސަރަކަށް
-
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި ލީގަލް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި