5 ފެބްރުއަރީ 2022ގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކ. ގުރައިދޫ

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލައިފި

އަންނަ އަންގާރަ ދުވަހުގެ ހަވީރު 4ގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
27 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ހަފްތާގައި އަވާހަރުވުމާ ގުޅިގެން ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދެވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ. އެއާ އެކު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރިލްގައި ބޭއްވުމަށް ނިންމާފަ އެވެ.

ތަފްސީލް - އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ:

  • އަންނަ އަންގާރަ ދުވަހުގެ 4ގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

  • ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަޅާއިރު ޕާޓީގެ 100 މެމްބަރުންގެ ތާއީދު ފޯމު ވެސް ހުށަހަން ޖެހޭ

ގުޅުން ހުރި ކަމެއް - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެން ވަހީދު ވެސް 2021 ވަނަ އަހަރު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ދެ އަހަރު ވާންދެން އެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ. އެ ފަހަރު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު ރާޝިދެވެ.

އެނގުން މުހިއްމު - މެމްބަރަކު އަވަހާރަވެއްޖެ ނަމަ ހަ ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމަކަށް ވާއިރު، އަންނަ އަންގާރަ ދުވަހުގެ ކުރިން އީސީން އެ އިންތިހާބަށް އިއުލާނު ކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް