ތޫނު އެއްޗަކުން ހަމަލާދިނުމުން މަރުވި ޒުވާނާ (ފޮޓޯ/ސޯޝަލް މީޑިއާ)

ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ

އައިޖީއެމްއެޗުން ބުނީ މިއަދު ހެނދުނު 6:45ގައި އޭނާ މަރުވެފައިވާ ކަމަށް
27 ފެބްރުއަރީ 2023

މާލޭ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޒަހަމްކޮށްލި މީހާ މިއަދު މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މާފަންނު މުރަނގަމަގުގައި ހުންނަ، ކޮސްމެޓިކްސް ވިއްކާ 'ކްރާސާ' ފިހާރައިގެ ތެރޭގައި ވަޅިން ހަމަލާދީފައި ވަނީ މުހައްމަދު އަހުމަދު ދީދީ (ނައުއްޓެ)، 30، އަށެވެ. އެ ރެއިން ފެށިގެން އޭނާއަށް ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު ހެނދުނު 6:45ގައި އޭނާ މަރުވެފައިވާ ކަމަށެވެ.

ތަފްސީލް - ފުލުހުން ވަނީ އެއީ ގޭންގު މާރާމާރީއެއް ކަމަށް ބުނެފަ އެވެ.

  • އެ މީހާއަށް އެހީތެރިވާން އާއްމުންގެ ބަޔަކު އަވަސްވެ ގަންނަ މަންޒަރު، 'ދައުރު'އަށް ލިބިފައިވާ ވީޑިއޯއަކުން ފެނޭ

  •  ޒަހަމްވި މީހާ ފިހާރައިގެ ތަޅުންގަނޑު މައްޗަށް ވެއްޓި ހަރަކާތެއް ނެތިފައި އޮތް އިރު ގައިގެ އެ ތަން މި ތަނުން ވަރަށް ބައިވަރު ލޭ އައިސްފައި ހުރި މަންޒަރު ފެނޭ

މަންޒަރު ދުށް ދެ މީހަކު 'ދައުރު'އަށް ރޭ ކިޔައިދިން ގޮތުގައި، މި ހަމަލާ ދިނީ ހެލްމެޓް އަޅައިގެން ތިބެ ފިހާރައަށް ވަތް ދެ މީހެކެވެ.

މި މައްސަލައިގައި އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް