އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއްގައި (ފޮޓޯ/ މަޖިލީސް)

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 15 އޭޕްރީލްގައި ބާއްވަނީ

މެމްބަރަކު އަވަހާރަވެއްޖެ ނަމަ، ހަ ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެއް
26 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ހަފްތާގައި އަވާހަރުވުމާ ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް 15ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް 'ދައުރު'އަށް ވިދާޅުވީ، އޭޕްރީލް 15ގައި ބައި-އިލެކްޝަން ބާއްވަން އީސީން ނިންމީ އެ ކޮމިޝަނުން ދެންމެއަކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ: އޭނާ އަވަހާރަވީ ބުދަ ދުވަހުގެ ރޭ ދަންވަރު. (ފޮޓޯ/މަޖިލިސް)

ތަފްސީލް - މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި ރިޒާ އަވަހާރަވީ ފަރުވާ ހޯއްދަވަން މެލޭޝިޔާގައި ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރެ އެވެ.

އެނގުން މުހިންމު - މެމްބަރަކު އަވަހަރަވެއްޖެ ނަމަ:

  • ހަ ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން އިއުލާންކުރުމަކީ އީސީގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެއް 

  • ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އަންގާރަ ދުވަހުގެ ކުރިން އިއުލާނު ކުރަން ޖެހޭނެ

ގުޅުން ހުރި ކަމެއް - މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެން ވަހީދު ވެސް 2021 ވަނަ އަހަރު އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ދެ އަހަރު ވާންދެން އެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ.

އެ ފަހަރު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ މުހައްމަދު ރާޝިދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް