ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު (ފޮޓޯ/ ހައިކޯޓު)

2019ގައި ބަލަން ފެށި ފަނޑިޔާރު ޝަހީދުގެ މައްސަލަތައް ސާބިތު ނުވާ ކަމަށް ނިންމައިފި

14 ފެބްރުއަރީ 2023

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 2019ގައި ބަލަން ފެށި ސުލޫކީ މައްސަލަތައް ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޝަހީދާ ގުޅޭ ދެ ސުލޫކީ މަައްސަލައެއް ޖޭއެސްސީން ތަހުގީގުކުރަން ފެށީ އެ ކޮމިޝަނަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން 2019ގެ ފަހުކޮޅެވެ. ނަމަވެސް، އެ މައްސަލަތަކާ ގުޅޭ ތަފްސީލެއް އެ ކޮމިޝަނުން އޭރު ވެސް އަދި މިއަދު ވެސް ހާމައެއް ނުކުރެ އެވެ.

ބުނީ ކީކޭ؟- ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޝަހީދާ ގުޅޭ ގޮތުން ބެލި ދެ ސުލޫކީ މައްސަލައިގެ އިތުރުން، އިތުރު ދެ ފަނޑިޔާރެއްގެ މައްސަލަތަކެއް ވެސް ސާބިތުނުވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ޝަހީދުގެ ދެ ސުލޫކީ މައްސަލައިގެ އިތުރުން ދެން ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމީ:

  • މިދިޔަ އަހަރުގެ ނޮވެމްބަރުގައި ބަލަން ފެށި ކްރިމިނަލް ކޯޓުގެ ގާޒީ ސައްފަތު ހަބީބުގެ ސުލޫކީ މައްސަލަ

  • ޖެނުއަރީ 2021ގައި ބަލަން ފެށި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ ސުލޫކީ މައްސަލަ

"... އެ މައްސަލަތައް ސާބިތުނުވާ ކަމަށް 12 ފެބްރުއަރީ 2023 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ 12 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ،" ޖޭއެސްސީން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް