އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރަން އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އދ. އޮމަދޫ

އޮމަދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ އެކު ސޮއިކޮށްފި

އެއް އަހަރާއި ނުވަ މަހުން ނިންމާ ގޮތަށް އޮތް މި މަޝްރޫއުގެ އަގަކީ 72.3 މިލިއަން ރުފިޔާ

އދ. އޮމަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

ތަފްސީލް - އޮމަދޫ ބަނދަރު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުގެ އަގަކީ 72.3 މިލިއަން ރުފިޔާ އެވެ. މަޝްރޫއު ހަވާލުކުރީ 630 ދުވަހުގެ ތެރޭ (އެއް އަހަރާއި ނުވަ މަސް) ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން:

  •  49،765 ކިއުބިކް މީޓަރު އައު ބަނދަރުން ފުން ކުރާނެ

  • 12،105 ކިއުބިކް މީޓަރުގެ ނެރު ފުން ކުރާނެ

  • 398 މީޓަރުގެ ބްރޭކްވޯޓާ ޖަހާނެ

  • 208 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ

  • 346.10 މީޓަރުގެ އެއްގަމު ތޮށި ޖަހާނެ

  • 346.10 މީޓަރުގެ ސްކޯރިން އެޕްރޮން ޖަހާނެ

  • 87 މޫރިން ރިންގް ހަރުކުރާނެ

  •  11 މޫރިން ބޮއި ހަރުކުރާނެ

  • 90 އަކަ މީޓަރު ރޭމްޕެއް ހަދާނެ

  • އެކްސެސް ޕްލެޓްފޯމަކާއި 150×2 ކޮންކްރީޓް ޖެޓީއެއް ހަދާނެ

  • 19 މަގުބައްތި ހަރުކޮށް 1،677 އަކަ މީޓަރުގެ ޕޭވްމެންޓު ހަދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް