އެންސްޕާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެހީގެ ކަންކަން ބަލަހައްޓަނީ އެންސްޕާ އިން.

އެންސްޕާ

ނުކުޅެދޭ މީހުންގެ އެހީއަށް އެދެން ޕޯޓަލެއް ތައާރަފްކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާ އިން އެހީގެ ގޮތުގައި މަހަކު 2،000ރ. ދޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މާލީ އެހީއަށް އެދި ހުށަހެޅޭނީ ޕޯޓަލެއް މެދުވެރިކޮށް ކަމަށް ނޭޝަނަޕް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރ. އަލިފުށީގައި މި މަހުގެ ކުރީކޮޅު ބޭއްވި ޖަލްސާގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލައި އިފްތިތާހުކޮށްފަ އެވެ. އެ ދަފްތަރުގައި ރަޖިސްޓްރީ ވާން ވެސް ވަނީ ހުޅުވާލައިފަ އެވެ.

ބުނީ ކީކޭ؟ - އެންސްޕާ އިން ކުރި އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުން އިއްޔެ އިން ފެށިގެން ފޯމު ހުށަހަޅަން ޖެހޭނީ ނޭޝަނަލް ޑިސެބިލިޓީ ރަޖިސްޓްރީގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ތަފްސީލް - މި ޕޯޓަލް މެދުވެރިކޮށް:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރާ މީހުންގެ ތެރެއިން މާލީ އެހީއަށް އެދޭ ފަރާތްތަކަށް، ދަފްތަރުގައި ރަޖިސްޓްރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދޭނެ

  • ދަފްތަރު އެކުލަވާލި ނަމަވެސް، މިހާރު ވެސް އެލަވަންސް ލިބޭ މީހުންނަށް މެދުކެނޑުމެއް ނެތި އެލަވެންސް ލިބެމުންދާނެ 

  • އެ މީހުންގެ މައުލޫމާތު ދަފްތަރުން ފެންނަން ހުންނާނެ

އެނގުން މުހިއްމު - ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް:

  • އެންސްޕާ އިން ދޭ އެހީގެ ގޮތުގައި މަހަކު 2،000ރ. ދޭ

  • އަޑުއިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް ހިޔަރިން އެއިޑް ހޯދައިދޭ 

  • ނުހިނގޭ މީހުންނަށް ވޯކާސް އަދި ވީލްޗެއާ ހޯދައިދޭ 

  • ތެރަޕިޔުޓިކް ހިދުމަތްތައް ހޯދާ މީހުންނަށް އެކަމުގައި މާލީ އެހީތެރިކަންދީ، ސައިކޮލަޖިކަލް އެސެސްމެންޓުތައް ހެެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް