ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި ނުޒުހާ.

ބްރޯޑްކޮމްއަށް 5 ނަމެއް؛ ރައީސްގެ ލިސްޓުގެ ކުރީގައި ނުޒުހާ

ބްރޯޑްކޮމްގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް އިސްތިއުފާ ދެއްވުމުން

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލީ ފަސް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވައިފި އެވެ. ރައީސްގެ ލިސްޓުގެ ކުރީގައި އޮތީ، ރާއްޖެ ޓީވީގެ ނޫސްވެރިޔާ އާމިނަތު ނުޒުހާ އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ވެސް ހުންނެވި އަހްމަދު ގައިސް މިދިޔަ ޑިސެމްބަރު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަސް މީހުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 1ގަ އެވެ.

ތަފްސީލު - މިއަދު މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ އިއްވުމަށް ފަހު، މި ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސާސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

 ބްރޯޑްކޮމްއަށް ކުރިމަތިލި ފަސް ބޭފުޅުން (ރައީސް އިސްކަންދެއްވި ތަރުތީބުން):

  • 1-

    ނުޒުހާ

  • 2-

    ހުސައިން އަމްރު، ވ. ރޯޝަން

  • 3-

    ޝާން ސާލިޖް މުހައްމަދު، ދ. ކުޑަހުވަދޫ/ފިނިވާދީ

  • 4-

    މަރްޔަމް ނަރީމާ ޝަރީފް،  ގދ. ތިނަދޫ/މުޝްތަރީގެ (ތިނަދޫ ކައުންސިލްގައި އެމްޑީޕީ ތަމްސީލު ކުރެއްވި ކައުންސިލަރެއް)

  • 5-

    މަރްޔަމް މުނާ، ސ. ފޭދޫ/ބޯގަންވީލާ

އެނގުން މުހިންމު - މިފަދަ މަގާމުތަކަށް ރުހުން ދިނުމުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގިނަ ފަހަރު އަމަލު ކުރަނީ ރައީސް އިސްކަންދެއްވާ ތަރުތީބަށެވެ. ރައީސްގެ ލިސްޓުގައި ކުރީގައި އޮތް ނުޒުހާއަކީ މީގެ ކުރިން ވެސް މި ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވި ނޫސްވެރިއެކެވެ. 

ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ބައެއް މެމްބަރުން މަޝްވަރާކުރައްވަނީ (ފޮޓޯ/ބްރޯޑްކޮމް)

ފަސް މަންޒަރު - ގައިސް މެންބަރުކަމުން އިސްތިއުފާ ދެއްވީ، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންނަށް ހުސްވާން ކަމަށް ބުނެ އެވެ. ހަތް މެންބަރުން ތިއްބަވާ ކޮމިޝަންގައި މިހާރު ތިއްބަވަނީ:

  • 1-

    މަރިޔަމް ވަހީދާ (ކޮމިޝަންގެ ރައީސް)

  • 2-

    މުހައްމަދު ފަޒީން (ނައިބު ރައީސް)

  • 3-

    އަމްޖަދު އިބްރާހިމް

  • 4-

    އައިމިނަތު އަމީނާ

  • 5-

    އަލީ ޔޫސުފް

  • 6-

    ޝިފްލާ އިބްރާހިމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް