ފަޅުރަށެއްގައި މީގެ ކުރިން ފުރޮޅާލާފައި އޮތް ވެލާތަކެއް: ވެލާ ހިފުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެއް.

ވެލާ

ވެލާ ފެޅީ ކެންދޫ ބައެއް؛ އެ މީހުން 6 ވެލާ ފެޅި: އީޕީއޭ

އެ އެންމެން ވެސް ބަޔާން ނެގުމަށް ފަހު ވަނީ ދޫކޮށްލާފައި؛ ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނޭ

ބ. އަތޮޅުގެ ފަޅުރަށެއްގައި މިދިޔަ ހޮނިހިރު ދުވަހު ވެލާ ފެޅީ އެ އަތޮޅު ކެންދޫ ބައެއް ކަމަށާއި އެ މީހުން ހަ ވެލާ ފެޅި ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ހަވީރު ބ. ކެޔޮދުއަށް ފުލުހުން އެރި އިރު، އެ މީހުން ތިިބީ ވެލާ ފަޅައިގެން ކައްކާށެވެ.

ތަފްސީލް - އީޕީއޭ އިން މިއަދު ޓުވިޓާގައި ބުނި ގޮތުގައި، ވަރަށް ގިނަ އަދަދަކަށް އެ ތަނުގައި އޭރު ވެލާ މަސް ހުއްޓެވެ. އެގޮތުން، އީޕީއޭ އިން ބުނީ:

  • ފަސް މީހަކު އެކަމުގައި ބައިވެރިވި

  • އެއީ ހުސް ކެންދުއަށް ނިސްބަތްވާ މީހުން

ބުނީ ކީކޭ؟ - އީޕީއޭ އިން ބުނީ ފުލުހުންނާ އެކު ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ މުވައްޒަފަކު ވެސް އެ ރަށަށް އަރައި ހެކި ހޯދުމުގައި ފުލުހުންނަށް އެހީތެރިވެދިން ކަމަށެވެ.

ވެލާ ފެޅި އެންމެން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، ބަޔާން ނެގުމަށް ފަހު އެ މީހުން ވަނީ ދޫކޮށްލާފަ އެވެ. އެކަމަކު ތަހުގީގު ނިމުމުން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެނގުން މުހިންމު - ވެލާކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަކެއްޗަށްވީ ނަމަވެސް، ބައެއް އަތޮޅުތަކުގައި ވަރަށް ގިނައިން އޭގެ މަސް ކައި އުޅެ އެވެ.

ކޮމެންޓް (1)

ޝާނީ ޝިހާބު

7 ފެބްރުއަރީ 2023
ދިވެހިންގެ ގިނަ ބަޔަކު ބުނާނެ މީ އަހަރުމެންނަށް ދެއްވި ނިއުމަތްތަކޭ. ތެދެއް. އެކަމު ބަނޑަށް ޖެހިގެންތޯ މިއުޅެނީ؟ ހުދު އަޅުގަނޑު ތަޖުރިބާކުރިން ބ އަތޮޅުން އިހި ނަގަމުން ދިޔަ ޒުވާނުންތަކެއް. 100 ވަރަކަށް އިހި ނެގި ތޯއްޗެއް އެދުވަހު. ހަމަ އެކަނި އެމީހުން ކެއުމަށް. ފޮނި ކެނޑުމަށް. ކިހާ ގިނަ އިއްސެއް ނެގުނުކަން ދައްކަން. ވިސްނާ ފިކުރު ކޮށްލަބަލަ. މީ ވެސް ހަމަ ދިރޭ އެއްޗިއްސޭ. މިންވަރަށް ވުރެއް ގިނައިން ނުހޯދާށޭ ދީނުގައި ވެސް އޮވޭ ބުނެފައި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް