ތުލުސްދު އާއި ކުޑަވިލިނގިއްޔާ ދެމެދު އޮންނަ ކަނޑުއޮޅި. ޓޫރިސްޓު މީހާ މަރުވީ ކަނޑުއޮޅިއަށް ނުކުމެ އުޅެނިކޮށް، އޭނާގެ ގައިމަތިން ލޯންޗެއް ދިޔުމުން (ފޮޓޯ/ޓްރެވެލިއާ މޯލްޑިވްސް)

ޓޫރިސްޓު މީހާގެ ގައިމައްޗަށް އެރި ޑިންގީގެ ކައްޕި ގޭބަންދުކޮށްފި

އެއީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް

ކ. ތުލުސްދޫގައި ކޯމަހާ އެކު ފޮޓޯ ނެގުމަށް ކަނޑުއޮޅިއަށް ނުކުތް ޓޫރިސްޓެއްގެ ގައިމައްޗަށް ޑިންގީއެއް އަރައި އެ މީހާ މަރުވުމާ ގުޅިގެން، އެ ލޯންޗު ދުއްވަން އިން ކައްޕި، ތަހުގީގު ނިމެންދެން ގޭބަންދުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި، ޕޮލެންޑުގެ ޓޫރިސްޓު މީހާ މަރުވީ ބޮޑެތި ޒަހަމްތަކެއް ލިބިގެންނެވެ. އެގޮތުން އޭނާގެ އަތް ބުރިވެ، ބަނޑުން ބައެއް ވެސް ކަފައިގެން ދިޔަ އެވެ.

ތުލުސްދޫ ކައުންސިލާއި އެ ރަށުުން ވާހަކަދެއްކި މީހުން އެއީ ލޯންޗެއް ކަމަށް ކުރިން ބުނެފައި ވިޔަސް، ފުލުސް އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެއީ ޑިންގީ އެކެވެ. އެގޮތުން، ފުލުހުން ބުނީ:

  • ޑިންގީ ދުއްވަން އިން 45 އަހަރުގެ ފިރިހެން މީހާ މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފައި 

  • އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، 10 ދުވަހުގެ މުއްދަތަށް ގޭބަންދުކޮށްފައިވޭ

  • އެއީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް

ތަފްސީލު - ތުލުސްދު އާއި ކުޑަވިލިނގިލި ރިސޯޓާ ދެމެދު އޮންނަ އެ ކަނޑުއޮޅިއަކީ، ކޯމަސް ގިނައިން ދަތުރުކުރާ އެކަމަކު، ދުއްވާއުޅަނދު ފަހަރުގެ ޓްރެފިކް ބޮޑުު ތަނެކެވެ. އެހެންވެ، އެ ސަރަހައްދަށް މޫދަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

އުމުރުން 52 އަހަރުގެ ޓޫރިސްޓު މީހާ ހުރި ގެސްޓްހައުސްއިން ވާހަކަ ދެއްކި މީހަކު 'ދައުރު'އަށް މީގެ ކުރިން ކިޔައިދިން ގޮތުގައި، އޭނާ ކަނޑުއޮޅިއަށް ނުކުތީ އެކަން ނުކުރުމަށް ބުނެބުނެ ހުއްޓަ އެވެ. އޭނާ ބުނި ގޮތުގައި:

  • ކޯމަސްތައް ފެނުމުން ޓޫރިސްޓު މީހާ ބޭނުންވީ އެއާ އެކު ފޮޓޯ ނަގަން

  • ކަނޑުއޮޅިއަށް ނުނިކުންނަން އޭނާއަށް އެންގި؛ އެއް ފަހަރަކު ޖެޓްސްކީއެއްގައި ގޮސް ނަސޭހަތް ވެސް ދިން

  • ޓޫރިސްޓު މީހާގެ ގައިމަތިން ޑިންގީ ދިޔަކަން ކައްޕިއަށް އެނގުމާ އެކު، އޭނާ ވަގުތުން ޑިންގީ މަޑުކޮށްލައި އެ މީހާއަށް އެހީވުމަށް ވާގަނޑެއް ވެސް އެއްލި

  • އެކަމަކު އޭރު އޮތީ މަރުވެފައި

"އެ ހާދިސާ ހިނގީ އެންމެން މަންޒަރު ބަލަން ތިއްބައި. އޭގެ ތެރޭގައި އޭނާގެ އަނބިމީހާ ވެސް ހިމެނޭ،" ގެސްޓްހައުސް އިން ވާހަކަ ދެއްކި މީހާ ބުނެފައިވެ އެވެ.

ކޮމެންޓް (3)

ހަސަންދީ

2 ފެބްރުއަރީ 2023
މީއަޅެ ޖޯކެއްތަ؟ ކައްޕިގެ އިހުމާލުން މީހަކު މަރުވީމަވެސް ގޭބަންދަށް؟ އުޅަނދެއް ދުއްވާއިރު ދުއްވާމީހާގެ ވަރަށް ބޮޑު ޒިންމާއެއް އޮންނާނެ. ބަލަންވާވަރަށް ނުބަލާގޮސް މީހެއްގެ ފުރާނަ ދިޔަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނެ.
3 2

ހިތަދޫ ހުސެން

2 ފެބްރުއަރީ 2023
@ހަސަންދީ ފީނަން ބޮއެ ނާޅާ އޮތުމަކީ ފީނާ މީހާގެ މައްސަލައެއް، ލައިސަންސް ގެ ގަވާއިދު އެކަނި ތަ އޮންނަނީ، މާކަރެއް ނެތުމުން މީހަކު އަޑީގަ އޮތްކަން ކިހިނެތް ދުއްވާ މީހަކަށް އިނގޭނީ!
2 1

ހުސެން ހިތަދޫ

2 ފެބްރުއަރީ 2023
ތިޔަކު ލައިސަންސް އަކުން ކުރާނެ ކަމެއް ނެތް، ފަރުވާ ކުޑައީ ފަތުރުވެރިމީހާ، މާކަރެއް ނެތި ފީނަން ކަނޑުގަ އޮވޭތަ މީހުން،
1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް