ކުޑަހުވަދޫ. (ފޮޓޯ/ކުޑަހުވަދޫ.ކޮމް)

ބޯހިޔާވަހިކަން

ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އަޅަން ބިޑަށް ލައިފި

މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް 9.2 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައި

ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ ކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބިޑު ހުށަހަޅަން ހުޅުވާލާ ކަމަށެވެ.

  • މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް 9.2 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައި

ތަފްސީލް - ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ:

  • ނޮން ރީފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެ

  • ފީ ދެއްކުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 12؛ ފީ ބަލައިގަންނާނީ ބަނޑޭރި ޕޯޓަލުން

  • މި މަސައްކަތާ ބެހޭ ލިޔެކިޔުންތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ

  • ބީލަމުގެ ސެކިއުރިޓީ: 260،000ރ.

  • ބީލަން ހުޅުވާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު

ގުޅުން ހުރި ކަމެއް - ފިނޭންސް މިނިސްޓްރީން މި ހަފްތާގައި ވަނީ ފުވައްމުލަކާއި ށ. ކޮމަންޑޫގައި ވެސް ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. އެ އިއުލާނުތަކުގައި ވަނީ:

  • ފުވައްމުލަކުގައި 400 ޔުނިޓު

  • ކޮމަންޑޫގައި 30 ޔުނިޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް