މާލޭ ވިޔަފާރި ބަނދަރު (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

ރާއްޖެއިން ބޭރުކުރާ ކޮންޓެރިނަރުތަކުން ނަގާ އަގު އެމްޕީއެލްއިން ކުޑަކުރަނީ

އަންނަ އަހަރުން ފެށިގެން އަގަށް އަންނަ ބަދަލާ އެކު، %75 އާ ހަމައަށް އަގުތައް ތިރިވާނެ ކަމަށް އެމްޕީއެލް އިން ބުނޭ
31 ޑިސެމްބަރު 2022

ރާއްޖެއިން ބޭރަށް ފޮނުވާ ކޮންޓެއިނަރުތަކުން ނަގާ އެސްޕޯޓް ކޮންޓެއިނާ ފީ އަންނަ އަހަރުން ފެށިގެން ކުޑަކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލް އިން ކުރި އިއުލާނުގައިވާ ގޮތުގައި:

  • 20 ފޫޓުގެ ކޮންޓެއިނަރަކުން - ކުރިން ނެގީ 4،419ރ، ދެން ނަގާނީ 1،132ރ.

  • 40 ފޫޓުގެ ކޮންޓެއިނަރަކުން - ކުރިން ނެގީ 8،767ރ.، ދެން ނަގާނީ 2،264ރ.

އަގުތަކަށް ގެނައި ބަދަލުތަކާ އެކީ، ރާއްޖެއިން ބޭރަށް މުދާ ފޮނުވަން ހޭދަވާ އަަގު %75އާ ހަމައަށް ކުޑަވެގެން ދާނެ އެވެ.

މާލޭގެ ވިޔަފާރި ބަނދަރު. (ފޮޓޯ/އެމްޕީއެލް)

ތަފްސީލް - އެމްޕީއެލް އިން ބުނި ގޮތުގައި، އެ ކުންފުނީގެ ބޯޑުން މި ބަދަލު ގެންނަން ނިންމީ:

  • ރާއްްޖެއިން މުދާ އެކްސްޕޯޓުކުރާ ވިޔަފާރިތަކަށް ވާދަވެރި އަގުތަކެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭން މަގުފަހި ކޮށްދޭން

  • އެކްސްޕޯޓު ވިޔަފާރިތައް ކުރިއަރުވާ، އެކްސްޕޯޓު ވިޔަފާރިތަކަށް ލުއިފަސޭހެކޮށްދޭން

ގުޅުން ހުރި ކަމެއް - އެމްޕީއެލް އިން ވަނީ އަގަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން އެކްސްޕޯޓަރުންނަށް މައުލޫމާތު ދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ބައްދަލުކުރީ ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓުކުރާ ވިޔަފާރިތަކާ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި މެނޭޖްމަންޓުން ބައިވެރިވި މި ބައްދަލުވުމުގައި އެކްސްޕޯޓަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނެވެ.

ރާއްޖޭގެ މައިގަނޑު އެކްސްޕޯޓަކީ މަހުގެ އުފެއްދުންތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް