ރައީސް މައުމޫން ށ. މިލަންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ: އެމަނިކުފާނު ރަށަކަށް ދަތުރުފުޅެއް މި ކުރެއްވީ ޒަމާންގަނޑަކަށް ފަހު (ފޮޓޯ/އެމްއާރުއެމް)

މައުމޫން ޒަމާންގަނޑަކަށް ފަހު ރަށަކަށް؛ ރަތް ދޫލައިގެ މަރުހަބާއެއް

މައުމޫން ށ. މިލަންދޫއަށް ވަޑައިގެންނެވީ އެ ރަށުގައި މީހުން އާބާދުވި މުނާސަބާ ފާހަގަ ކުރަން ކައުންސިލުން ދިން ދައުވަތަކަށް
21 ޑިސެމްބަރު 2022

ޒަމާންގަނޑަކަށް ފަހު ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމް، ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އަތޮޅު ތެރޭގެ ރަށަކަށް ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އެމްއާރުއެމްއިން މިއަދު ބުނީ މައުމޫން އާއި އަނބިކަބަލުން ނަސްރީނާ މިއަދު މެންދުރުފަހު ވަޑައިގެންނެވީ ށ. މިލަންދޫއަށް ކަމަށެވެ. އެ ދަތުރުގެ ތަފްސީލް ދެމުން އެ ޕާޓީއިން ބުނީ:

  • މިލަންދޫއަށް ކުރައްވާ ދަތުރުފުޅަކީ އެ ރަށުގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރަން ބާއްވާ ހަފްލާގައި ބައިވެރިވުމަށް ކައުންސިލުން ދިން ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • މައުމޫންގެ ދެކަނބަލުންނަށް އެ ރަށުން ވަނީ ރަތް ދޫލައިގެ މަރުހާބައެއް ކިޔާފައި

  • އެމަނިކުފާނަށް މަރުހަބާ ކިޔައި ސަލާން ކުރުމަށް ނިލަންދޫގެ ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވި

  • މައުމޫން ވަނީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ކައުންސިލާ ވެސް ބައްދަލު ކުރައްވާފައި

 ރައީސް މައުމޫން ށ. މިލަންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ (ފޮޓޯ/އެމްއާރުއެމް)

އެނގުން މުހިންމު - ށ. މާކަނޑޫދޫ ރައްޔިތުން މިލަންދޫއަށް ބަދަލުކޮށް އެ ރަށް އާބާދުކުރީ ރައީސް މައުމޫންގެ ދުވަސްވަރު އެވެ.

ބުނީ ކީކޭ؟ - މިލަންދޫއިން މަރުހަބާކީ ފޮޓޯތަކާ އެކު މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިލަންދޫއަށް އާދެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށް މައުމޫން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މިލަންދޫ ރައްޔިތުންނަކީ ހިތްހެޔޮ ބައެއް،" މައުމޫން ޓްވީޓްކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް