އެންޒީގެ ފިހާރާއެއް: އެންޒީން ޓޫނާ އިން ލެމަން ޕެޕާ ނެރުނީ މަސްވެރިންގެ ދުވަހާ ގުޅިގެން (ފޮޓޯ/އެންސިސް)

އެންޒީގެ އާ މަސްދަޅު: ޓޫނާ އިން ލެމަން ޕެޕާ

މި މަސްދަޅު އަންނަ އަހަރުން ފެށިގެން އެންޒީގެ ހުރިހާ ފިހާރަތަކުން ލިބޭނެ
10 ޑިސެމްބަރު 2022

އެންސިސް ފިޝަރީޒްގެ 'އެންޒީ' ބްރޭންޑުގެ ދަށުން، 'ޓޫނާ އިން ލެމަން އެންޑް ޕެޕާ'ގެ ނަމުގައި އާ ވައްތަރެއްގެ މަސްދަޅެއް މިއަދު ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެންސިސް އިން މި މަސްދަޅު ތައާރަފް ކުރީ މިއަދު ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެންނެވެ.

ބުނީ ކީކޭ؟- އެންސިސް އިން ބުނި ގޮތުގައި، އެ ބްރޭންޑުން ނެރުނު މި މި މަސްދަޅަކީ ދިވެހިންގެ ތެރޭ އެންމެ ކަމުދާނެހެން ހީވާނެ ކަމަށް ބެލެވޭ ރަހަތައް ހިމަނައިގެން ނެރެފައިވާ މަސްދަޅެކެވެ.

ޓޫނާ އިން ލެމަން އެންޑް ޕެޕާގެ ނަމުގަައި ނެރުނު މަސްދަޅުގައި ހިމެނެނީ ކަނޑުމަސް، ލުނބޯ އަދި އަސޭމިރުހެވެ.

"އެންޒީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ރަހަތައް ވީހާ ވެސް ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ގޮތެއް،" އެންސިސް އިން ބުންޏެވެ.

މި މަސްދަޅު އަންނަ އަހަރުން ފެށިގެން އެންޒީގެ ހުރިހާ ފިހާރަތަކުން ލިބޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް