ސްޓެލްކޯ ހެޑް އޮފީސް އިމާރާތް. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސްޓެލްކޯ

ކަރަންޓް ކެނޑުނީ ހުޅުމާލޭން؛ ގަޑިއެއްހާއިރު ފަހުން ހިދުމަތް އަލުން ދީފި

މައްސަލަ ދިމާވީ ހުޅުމާލޭ އިންޖީނުގޭގެ ފިއުލް ޕަމްޕް ހައުސްއަށް
8 ޑިސެމްބަރު 2022

ހުޅުމާލޭ އިންޖީނުގޭގައި މިއަދު ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓް ދީފި އެވެ.

ވީ ކިހިނެއް؟ - ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަރަންޓު ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނީ މެންދުރު 12 ޖެހިއިރެވެ.

ތަފްސީލު - މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އޭރު ލަފާކުރި ނަމަވެސް، ސްޓެލްކޯ އިން ފަހުން ބުނީ ހިދުމަތް މެދުކެނޑުނީ ހަމައެކަނި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ.

އެ ކުންފުނިން ބުނީ:

  • މައްސަލަ ދިމާވީ ހުޅުމާލޭ އިންޖީނުގޭގެ ފިއުލް ޕަމްޕް ހައުސްއަށް 

  • އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި 

  • އެއަށް ފަހު، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފައިވޭ

މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ މި ފަހުން ވަނީ އިތުރުވެފަ އެވެ. ކޮންމެ ފަހަރަކު ވެސް އެކަން ދިމާވަނީ ކޭބަލަކަށް ގެއްލުން ލިބިގެން ނުވަތަ އިންޖީނަކަށް މައްސަލައެއް ދިމާވެގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް