
ދިރާގު ޓީވީީއަށް އިތުރުކުރި ޗެނަލްތަކެއް ދައްކާލަނީ. (ފައިލް ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)
ލައިސެންސް މައްސަލައިގައި ދިރާގާ ދެކޮޅަށް މީޑިއާނެޓު؛ ކޯޓުން ހުއްދައެއް ނުދިން
ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބްރޯޑްކާސްޓިން ލައިސެންސް ދޫނުކުރާ ގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ތަދައްހުލްވާން މީޑީއާނެޓާއި އެހެން ދެ ކުންފުންޏަކަށް ފުރުސަތު ނުދޭން ކޯޓުން ނިންމައިފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ ޖެނުއަރީގައި ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން:
-
ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި
-
މި ބަދަލާ ގުޅިގެން ބަހްރެއިން ބަޓެލްކޯގެ ހިއްސާ އޮންނަ، ދިރާގަކަށް ރީބްރޯޑްކާސްޓިން ލައިސަންސެއް ނުލިބޭ
ދިރާގުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ޝަރީއަތުން ވަކި ގޮތަކަށް ނިމެންދެން، ދިރާގުގެ ލައިސަންސަށް އަސަރުކުރާނެ ކަމެއް ނުކުރަން އަމުރުކޮށްފަ އެވެ. ބްރޯޑްކޮމުން ވަނީ މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - ދިރާގު ޓީވީއަށް ހުއްދަ ހޯދަން ބްރޯޑްކޮމް ގޮވައިގެން ކޯޓަށް
ވީ ކިހިނެއް؟ - ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ތެރެއަށް ވަންނަން މަސައްކަތްކުރީ މީޑިއާނެޓުގެ އިތުރުން:
-
އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑް
-
ސްކައި ލައިފް ކޯ ޕްރައިވެޓް ލިމިޓެޑް
ކޯޓުން ނިންމީ މިއިން އެއްވެސް ކުންފުންޏަކަށް ދިރާގައި ބްރޯޑްކޯމް މައްސަލައިގެ ތެރެއަށް ތަދައްހުލްވާން ހުއްދަ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ތަފްސީލް - ރީބްރޯޑްކާސްޓިން ލައިސެންސް މައްސަލައިގައި މި ތިން ކުންފުނިން ވެސް ދިރާގާ ދެކޮޅަށް މައްސަލައަށް ވަންނަން އުޅުނީ، 2014ގައި ދިރާގުގެ ލައިސެންސް ބާތިލުވެފައިވާ ކަމަށް ބުނެ އެވެ. އެހެންވެ ދިރާގު ޓީވީގެ ލައިސެންސް އާކޮށްދޭން ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ބުންޏެވެ.
މި މައްސަލައިގެ ތެރެއަށް ވަންނަން ހުއްދައަކަށް އެދޭ ސަބަބެއްގެ ގޮތުގައި ތިން ކުންފުނިން ފާހަގަކުރީ ކޯޓު އަމުރުގެ ސަބަބުން ބްރޯޑްކޮމްއަށް ލިބޭ ބާރާއި ބްރޯޑްކާސްޓިން ގާނޫނުގެ ބާރު ކެނޑިގެންދާތީ، އެ ކުންފުނިތަކުގެ މަސްލަހަތު އޮތުމެވެ. އެކަމަކު މިއީ "ޖުޑީޝަލް ރިވިއުގެ" މައްސަލައަކަށް ވާތީ ސިވިލް ކޯޓުން ވަނީ އެ ހުއްދަ ދޭން ޖެހޭ ސަބަބެއް ނެތް ކަނޑައަޅާފަ އެވެ.
އެގޮތުން، އެ ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ތަދައްހުލް ވުމާ މެދު ނިންމެވި ނިންމުންތަކުގައި ފާހަގަކުރެއްވި ގޮތުގައި:
-
ޖުޑީޝަލް ރިވިއުގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރާނީ އެ ނިންމުން ނިންމި ފަރާތް (ބްރޯޑްކޮމް) އާއި އެ ނިންމުން ރައްދުވާ ފަރާތުން (ދިރާގު) ފާހަގަކުރާ ނުކުތާތަކަށް
-
އެ ނިންމުމުގައި ތިންވަނަ ފަރާތެއްގެ ދައުރެއް އޮތް ނަމަވެސް ތަދައްހުލްވާން ފުރުސަތު ދެނީ އިސްތިސްނާ ހާލަތްތަކުގައި
-
ތަދައްހުލްވާން އެދުނު ކުންފުނިތަކުގެ މި ނިންމުމުގައި އޮތް ދައުރެއް ނޫނީ އެ ނިންމުމުގައި މަސްލަހަތެއް އޮތްކަން ކޯޓަށް ހުށަހެޅި ކަންކަމުން އެނގޭކަށް ނެތް
އެނގުން މުހިންމު - ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު، ބްރޯޑްކޮމްގެ ގަވާއިދާ ގުޅޭ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުން ވެސް ދިިޔައީ ބަލަމުންނެވެ. އެ މައްސަލަ ބެލުމަށް ފަހު މަޖިލީހުގެ ގަވާއިދު ކޮމިޓީން ވަނީ ދިރާގުގެ ވިޔަފާރިއަށް ހުރަސްއެޅޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ބްރޯޑްކޮމްއަށް އަންގާފަ އެވެ. އެ ކޮމިޝަނުން ބުނީ އެ އިސްލާހުތައް ގެނެވޭނީ ކޯޓުގައި އޮތް މައްސަލަ ނިމުމުން ކަމަށެވެ.
-
އިތުރަށް ކިޔާލަން - ރީބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރެވޭނީ ކޯޓުން މައްސަލަ ނިމުމުން
ކޮމެންޓް (1)
މުޙައްމަދު