މުހައްމަދު ރަޝީދު ހުތުބާ ކިޔަނީ: އޭނާ ބުނެފައިވަނީ އައްޑޫ ބަހުން ހުތުބާ ކީ އިރު ހުތުބާއަށް އުނިއިތުރެއް ގެނެސްފައިނުވާނެ ކަމަށް (ފޮޓޯ/އައްޑޫ ލައިވް)
އައްޑޫ ބަހުން ހުތުބާ ކީ މުދިމުގެ ސަސްޕެންޝަން އުވާލައިފި
އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމާ ގުޅިގެން ސަސްޕެންޝަނުގައި ހުރި ސ. މީދޫ މުދިމު، މުހައްމަދު ރަޝީދުގެ ސަސްޕެންޝަން އިސްލާމިކް މިނިސްޓްރީން އުވާލައިފި އެވެ.
މައްސަލައިގެ ފެށުން - ހުތުބާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު މުހައްމަދު ރަޝީދު ސަސްޕެންޑުކުރީ:
-
މީދޫ މަސްޖިދުލް މަޖްދުއްދީނުގައި ސެޕްޓެމްބަރު މަހު އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔާފައި ވަނިކޮށް
-
ރައީސް އޮފީހުން ބުނެފައިވަނީ އޭނާ ސަސްޕެންޑު ކުރީ ހުތުބާއަށް އުނިއިތުރު ގެނައުމުގެ މައްސަލައެއްގައި ކަމަށް
-
އައްޑޫ ބަހުން ހުތުބާ ކީ ނަމަވެސް ހުތުބާއަށް އުނިއިތުރެއް ގެނެސްފައިނުވާނެ ކަމަށް މުހައްމަދު ރަޝީދު ވަނީ ބުނެފައި
-
ހުކުރު ނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ރަޝީދު ހިލާފުވީ ކަމަށް ބުނެ އިމާމުވެ ނަމާދުކުރުން ވަގުތީގޮތުން މަނާކުރި
ތަފްސީލް - މި މައްސަލައިގައި އިސްލާމިކް މިނިސްޓްްރީން ނިންމީ މުހައްމަދު ރަޝީދަށް ނަސޭހަތް ދިނުމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ހުއްދަތައް ބާތިލުކުރާނެ ކަމަށް، ސަސްޕެންޝަން އުވާލިކަން އަންގައި މިނިސްޓްރީން އޭނާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިިވެ އެވެ.
އެނގުން މުހިއްމު - ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުުން ސަސްޕެންޝަން އުވާލުމާ އެކީ ރަޝީދު މިއަދު ވަނީ މަސްޖިދުލް މަޖްދުއްދީނުގައި އިމާމުވެ ހުކުރު ނަމާދުކޮށްފަ އެވެ.
-
އިތުރަށް ކިޔާލަން - މުދިމު ސަސްޕެންޑް ކުރީ ހުތުބާއަށް އުނިއިތުރު ގެނައުމުން: ސަރުކާރު