މާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް، ބީއެމްއެލްގެ ބަދުރުއްދީން ހަސަން މިއަދު ކިޔައިދެއްވަނީ (ފޮޓޯ/މީޑިއާ ކައުންސިލް)

ބީއެމްއެލް

މާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް ނޫސްވެރިންނަށް ދަސްކޮށްދީފި

މި ވޯކްޝޮޕްގެ މަގްސަދަކީ މާލީ ދާއިރާގެ ހަބަރުތައް ރިޕޯޓު ކުރާނެ ގޮތް ނޫސްވެރިންނަށް ކިޔައިދިނުން
19 ނޮވެމްބަރު 2022

މާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް، ނޫސްވެރިންނަށް ދަސްކޮށްދިނުމަށް މިއަދު ވޯކްޝޮޕެއް ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - މީޑިއާ ކައުންސިލް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން، ބޭއްވި މި 'ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕް'ގެ މަގްސަދަކީ، މީޑިއާ ކައުންސިލުން ބުނި ގޮތުގައި، އެ ދާއިރާގެ ހަބަރުތައް ރިޕޯޓު ކުރާނެ ގޮތް ނޫސްވެރިންނަށް ކިޔައިދިނުމެވެ.

ފަސް ސެޝަނަކަށް ބަހާލައިގެން މި ވޯކްޝޮޕްގައި ކިޔައިދިން މައިގަނޑު ދާއިރާތަކަކީ:

  • ބިޒްނަސް އަދި ބެންކިން ޕްރޮޑަކްޓް

  • ރީޓެއިލް ޑިޖިޓަލް ހިދުމަތްތައް

  • މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ހަރަދުކުރުން ހުއްޓުވުން

  • މާލީ ދާއިރާގެ ހަބަރުތައް ގެނެސްދިނުން

  • ވަގަށް ފައިސާ ހޯދުމުގެ އަމަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުން

މާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް ދަސްކޮށްދިނުމަށް މިއަދު ބޭއްވި ވޯކްޝޮޕުގައި ބައެއް ނޫސްވެރިން ބައިވެރިވަނީ (ފޮޓޯ/މީޑިއާ ކައުންސިލް)

މި ވޯކްޝޮޕް ނަގައިދެއްވީ ބީއެމްއެލްގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން: އަލީ ފާރިސް ހަލީލް

  • ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް: ބަދުރުއްދީން ހަސަން

  • އަލީ ޒައިދު މުހައްމަދު: ކޮމްޕްލަޔަންސް މެނޭޖަރު

  • ޝަމްހީދު އަލީ: ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރު

  • މުހައްމަދު ހަމީމް: ކޮންޓެކްޓް ސާވިސް މެނޭޖަރު

އިތުރު އާޓިކަލް

އިތުރު އާޓިކަލް