ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެ

އަލުން ކަރަންޓު ދިނުމަށް ދެ ގަޑިއިރު ވަރު ހޭދަވާނެ ކަމަށް ސްޓެލްކޯ އިން ބުނޭ
15 ނޮވެމްބަރު 2022
3

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާގެ ހުރިހާ ޓަވަރަކުން މިއަދު ފެނާއި ކަރަންޓު ކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުން އަންނަ ފަރާތަތްކުން ބުނާ ގޮތުގައި، ފެނާއި ކަރަންޓު ވެސް ކެނޑިފައިވަނީ މިއަދު 11:05 ހާއިރެވެ.

ސްޓެލްކޯގެ ބަސް - އެކަމާ ގުޅިގެން ސްޓެލްކޯ އިން ޓުވިޓާގައި ބުނީ ހިޔާގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިފައިވަނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަށް ގެއްލުން ލިބިގެން ކަމަށެވެ. އެގޮތުން، އެ ކުންފުނިން ބުނީ:

  • ކޭބަލަށް ގެއްލުން ވެފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު އެ ސަރަހައްދު ކޮނުމުގެ ތެރޭގައި 

  • ކޭބަލް މަރަމާތުގެ މަސައްކަތް ކުރަމުން އެބަދޭ

ސްޓެލްކޯގެ ތަރުޖަމާނު އަހުމަދު މުހައްމަދު 'ދައުރު'އަށް ވިދާޅުވީ ކޭބަލް މަރާމާތު ކުރަން ގިނަ ވަގުތު ހޭދަވާނެތީ އެހެން ރޫޓެއްގެ ކޭބަލެއް ގުޅައިގެން ވީހާ ވެސް އަވަހަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭގައި ކަރަންޓު ދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓް ސަރަހައްދަށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް މިއަދު ގެއްލުންވެފައި. (ފޮޓޯ/ސްޓެލްކޯ)

އެމްޑަބްލިއުއެސްސީގެ ބަސް - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހިޔާ ފްލެޓްތަކުން ފެން ކެނޑިފައިވާ ކަމުގެ ދެ ޝަކުވާއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ފެން ނުލިބެނީ އެމްޑަބްލިއުއެސްސީގެ މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި ފެނުގެ ހިދުމަތް ކެނޑިފައިވަނީ ބޫސްޓަރު ޕަމްޕުތަކަށް ކަރަންޓު ނުލިބޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ހިޔާ ފްލެޓް ސަރަހައްދުގައި އަޅާފައިވާ ފެން ހޮޅިއަކަށް ގެއްލުން ލިބިގެން މިދިޔަ މަހު ވެސް ހިޔާގެ ހަތަރު ޓަވަރަކުން ފެނުގެ ހިދުމަތް ކެނޑިފައިވެ އެވެ.

ހިޔާ ފްލެޓުތަކުގައި 30،000 އެއްހާ މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، މި އަހަރުގެ ކުރީކޮޅު ވެސް އެ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން ކަރަންޓް ކޭބަލެއް ބުރިވެ، ގާތްގަނޑަކަށް ހުރިހާ ޓަވަރަކުން ކަރަންޓާއި ފެން ވެސް ކެނޑިފައިވެ އެވެ.

ކޮމެންޓް (3)

ދޮން އައިމިނާ

15 ނޮވެމްބަރު 2022
ސައިބޯނި ލާން ހުއްޓާ ފެން ކެނޑުނީ. ދެން ހަދާނީ ކިހިނެއް؟ ހުރި ގޮތަށް ނުކުންނާށެއްނު ޖެހޭނީ
0 0

ފޭރު މާ

15 ނޮވެމްބަރު 2022
މި އޮތީ ވާ ކަމެއް. މި ކަމަށް އަވަސް ހައްލެއް ހޯ ދާ ދިނުމަށް ސަރުކާރަށް އެބަ ގޮވާލަން
0 0

ޒިންމާ

15 ނޮވެމްބަރު 2022
ދެން ތި ކަން ހައްލު ވާނެ ދުވަހެއް ނޭނގެ. މުސްކުޅިންނާއި ޅަ ދަރިން ގިނަ މިތަނުގައި ގިނަ ތަކުލީފުތަކެއް އެބަ ހުރި ހައްލު ނުކުރެވި ގިނަ ދުވަހަށް ދެމިގެން ދާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް