މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އަލިފާނުގައި މަރުވި އެކަކު އަދިވެސް ދެނެ ނުގަނެވޭ: ފުލުހުން

އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް މީހުން؛ މުޅިއެކު ހަތަރު އަންހެނުންނާއި ހަ ފިރިހެނުން މަރުވި
11 ނޮވެމްބަރު 2022

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ނިރުފެހި ގޭގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މަރުވެފައިވާ ދިހަ މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑަކީ ކާކުކަން އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކާ ހިއްސާ ކޮށްފައިވާ މައުލޫމާތުގައި ވާ ގޮތުން، މިހާތަނަށް ދެނެގަނެވިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ:

  • އިންޑިއާގެ ތިން އަންހެނުން

  • ބަންގްލަދޭޝް އަންހެނެއް

  • އިންޑިއާގެ ހަތަރު ފިރިހެނުން

  • ބަންގްލަދޭޝް ފިރިހެނެއް

  • އަދި މިހާތަނަށް ކާކުކަން ދެނެގަނެވިފައި ނުވާ ފިރިހެނެއް ވެސް ވޭ

އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި ގަރާޖެއްގައި 9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އެނގުން މުހިއްމު - ނިރުފެހި ގޭގައި ގަރާޖެއްގެ މަތީގައި ހަދާފައިވާ ލޭބާ ކުއާޓާގައި ދިރިއުޅެމުން ދިޔައީ ރާއްޖޭގައި ވަޒީފާ އަދާކުރަމުން ދިޔަ އިންޑިއާ، ބަންގްލަދޭޝް އަދި ސްރީ ލަންކާގެ ރައްޔިތުންނެވެ. 

އެނގިފައިވާ ގޮތުގައި:

  • ފުރަތަމަ ބުރި އާއި ދެވަނަ ބުރީގައި ވެސް ބިދޭސީން ދިރިއުޅެމުން ދިޔައީ ކުއްޔަށް، ގިނަ މީހުން ވަކިވަކިން

  • ގާތްގަނޑަކަށް 25 މީހުންނަށް ދިރިއުޅެވޭ ގޮތަށް، ކުދިކުދި ކޮޓަރިތަކެއް ހަދާފައި ހުރި

  • ބައެއް ތަންތަނުގައި ދެމަފިރިން ވެސް އުޅުނު 

މުޅި އިމާރާތް ހުރީ ވަރަށް ތޮއްޖެހިފައި ކަމަށް މީޑިއާއާއި ވާހަކަ ދައްކަމުން ފަޔާ އެންޑް ރެސްކިއުއިން ވެސް ބުނެފައިވެ އެވެ.

އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި:

  • އަލިފާނުގެ ހާދިސާ ހިނގި އިމާރާތުން 28 ބިދޭސީން އުޅުނު

  • އަލިފާނުގެ އަސަރުކޮށްގެން ހަތަރު ގެއަކުން 35 ދިވެހިން ސަލާމަތްކުރި

  • ހާލުގައި ޖެހިގެން ޖުމްލަ 33 ބިދޭސީން ރެޖިސްޓްރީކޮށްފައިވޭ

  • އޭގެ ތެރޭގައި 7 ކުޑަކުދިން ވެސް ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް