ހާއްސަ އިނާމާ ބެހޭ ކޮމިޓީގެ މެންބަރުންނާ ރައީސް ސޯލިހް މިދިޔަ އޭޕްރީލް މަހު ބައްދަލުކުރައްވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ މީހުންނަށާއި ހާފިޒުންނަށް އިނާމު ދިނުން ޖުމްހޫރީ ދުވަހުގެ ޖަލްސާގައި

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސް ދެއްވާ އިނާމު މި ފަހަރު ދެއްވާނީ އަންނަ ޑިސެމްބަރުގައި
30 އޮކްޓޯބަރު 2022

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށާއި ގުރްއާން ހިތުދަސްކޮށްގެން އެއް ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑަލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވައިފި އެވެ.

ތަފްސީލް - ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:30ގައި ދަރުބާރުގޭގަ އެވެ.

ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސް ދެއްވާ އިނާމު މި ފަހަރު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އެނގުން މުހިންމު - ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިދިޔަ އަހަރު ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހެޅުމާ ގުޅިގެން މިދިޔަ އަހަރުގެ ގައުމީ ދުވަހު އެ އިނާމު ދިނުމުގެ ބަދަލުގައި އެ އިނާމު ދީފައިވަނީ އެހެން ދެ މުނާސަބަތެއްގަ އެވެ.

މިދިޔަ އަހަރު ހިދުމަތް ކުރުމުގެ އިނާމް ދީފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގަ އާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި 26 ޑިސެމްބަރުގައި އޮތް ރަސްމީ ޖަލްސާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް