އެމްޓީސީސީން އަލަށް ގެނައި ކަރަންޓް ބަހެއްގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ. (ފޮޓޯ/އެމްޓީސީސީ)
މާލޭގައި ބޭނުންކުރަން 6 ކަރަންޓް ބަސް ގެނެސްފި
މި ސަރުކާރުން ފަށާފައިވާ ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ހިދުމަތް ފަށާފައިވާ މާލޭ މިނީ ބަހުގެ ހިދުމަތުގައި ބޭނުން ކުރުމަށް ތެޔޮ އަޅަން ނުޖެހޭ ކަރަންޓުން ޗާޖްކޮށްގެން ދުއްވާ އިލެކްޓްރިކް ނުވަތަ 'އީވީ' ބަސްތަކެއް އެމްޓީސީސީން ގެނެސްފި އެވެ.
ވީ ކިހިނެއް؟ - އެމްޓީސީސީން ބުނީ:
-
މިއަދު މާލެ ގެނެސްފައި ވަނީ އީވީ ހަ ބަސް
-
އެއީ 11 މީހުންގެ ޖާގައިގެ ކުދި ބަސްތަކެއް
-
އެ ހުރިހާ ބަސްތަކެއް ވެސް، އެ ކުންފުނިން މާލޭގައި ފެށި ބަހުގެ ހިދުމަތަށް ނެރޭނެ
މާލޭގެ މިނީ ބަހުގެ ހިދުމަތުގައި މިހާރު ބޭނުން ކުރަނީ 12 ބަހެވެ. އެއީ ތެޔޮ އަޅާ ބަސްތަކެކެވެ. އާ ހަ ބަހާ އެކު މާލޭގެ ބަހުގެ ހިދުމަތުގައި ބޭނުން ކުރާ ބަހުގެ އަދަދު 18 އަށް އަރާނެ އެވެ.
ބުނީ ކީކޭ؟ - އެމްޓީސީސީއިން ބުނީ މިއީ، ޖައްވު ހޫނުކުރާ ވިހަ ގޭސް ރާއްޖެއިން ބޭނުން ކުރުން 2030ގެ ނިޔަލަށް މަދުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ގެނައި ބަސްތަކެއް ކަމަށެވެ. މި ކަމުގެ ސަބަބުން އެ އަމާޒަށް ވާސިލްވާން ބޮޑު ބާރަކަށް ވާނޭ ކަމަށް ވެސް އެމްޓީސީސީިއިން ބުންޏެވެ.
އެނގުން މުހިންމު - އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި:
-
މިނީ ބަހުގެ ހިދުމަތް އެ ކުންފުނިން ފުރަތަމަ ފަށަން ނިންމީ ވެސް އީވީ ބަހާއެކުގައި
-
އެކަމަކު އިގްތިސޯދު އަޑިއަޅާލާފައި އޮތުމުން ޑީސަލް ބަސް ގެނައީ ކަމަށް ވިދާޅުވި
-
އާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި، މަޑުމަޑުން ދާނީ އީވީ ބަސްތައް އިތުރު ކުރަމުން
ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލޭގައި އިލެކްޓްރިކް ވެހިކަލް ޗާޖްކުރާނޭ ސްޓޭޝަންތަކެއް ހަދައިދޭނޭ ބަޔަކު ހޯދުމަށް މިފަހުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހުޅުވާލައިފަ އެވެ.
ކޮމެންޓް (1)
ޢައްދުބޭ