ހުޅުމާލެ މަގެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސްޓެލްކޯ

ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅުކުރާތީ ހުޅުމާލޭގެ ސަރަހައްދަކުން ކަރަންޓު ކަނޑާލައިފި

މިއަދު ހެނދުނު 9 އިން 12އަށް އެ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައި
5 ނޮވެމްބަރު 2022

ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްތަކެއް ކުރާތީ ހުޅުމާލޭގެ ސްކޭޓް ޕާކު ހިމެނޭ ސަރަހައްދުން މިއަދު ގާތްގަނޑަކަށް ތިން ގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ތަފްސީލު - އެ މަސައްކަތްތައް ކުރަމުން އަންނާތީ ރެޑް ބުލް ސަރަހައްދުގެ ބައެއް ދިމަދިމާލުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

މިހާރު ވެސް އެ ސަރަހައްދުގެ ބައެއް ތަންތަނުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ ދެ ގަޑިއިރަށް ވުރެ ގިނައިރު ވެފައި ވާއިރު، ރެޑް ބުލް ޕާކް ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ފާހަގަކުރި ތަންތަނަކީ:

  • ޗަނބޭލީމަގު ގޯޅި

  • ނިރޮޅު މަގު

  • ކެލާމަގު

  • ކާނިމަގު

ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނާ ސަރަހައްދު.

ކަރަންޓުގެ ހިދުމަތަށް ބުރޫއެރިޔަސް އަރާނީ، ސްޓެލްކޯ އިން ބުނި ގޮތުގައި، މިއަދު ހެނދުނު 9 އިން 12އާ ދެމެދުގެ ވަގުތުތަކުގަ އެވެ. ނަމަވެސް އެ ކުންފުނިން ބުނީ މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ކެނޑިފައިވާ ތަންތަނަށް އަލުން ކަރަންޓު ލިބޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް