ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް. (ފައިލް ފޮޓޯ/ސަން)
ސިވިލް ކޯޓުގެ ގާޒީ ފަހީމުގެ ސުލޫކީ މައްސަލައެއް ސާބިތުވެ ނަސޭހަތް ދޭން ނިންމައިފި
ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމް ބެއްލެވި މައްސަލައެއްގައި ހިމެނޭ ފަރާތްތަކުގެ ގައިރު ހާޒިރުގައި އެ މައްސަލަ ބައްލަވައި ހުކުމް ކުރެއްވި މައްސަލައިގައި އޭނާއަށް ސުލޫކީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ކޮމިޝަނުން ވަނީ ފަހީމްއާ ގުޅޭ ގޮތުން ހަތަރު މައްސަލައެއް ބަލާފަ އެވެ. ނަމަވެސް، އޭގެ ތެރެއިން ތިން މައްސަލައިގައި ފަހީމްގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް އޮތް ކަމަކަށް އެ މައްސަލަތައް ބެލި ތަހުގީގު ކޮމިޓީގެ މެމްބަރުންނަށް ނުފެންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ތަފްސީލް - ޖޭއެސްސީން ބުނި ގޮތުގައި، ހަތަރު ވަނަ މައްސަލައިގައި:
-
ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ ގައިރު ހާޒިރުގައި މައްސަލައިގައި ހުކުމްކޮށް މައްސަލަ ނިންމާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގުގައި ފަހީމް ވަނީ އިއުތިރާފްވެފައި
-
ފަނޑިޔާރުންގެ ގާނޫނަށް ބަލާއިރު، މައްސަލައާ ގުޅޭ ގޮތުން ހުށަހަޅަން ޖެހޭ ހެއްކާއި ގަރީނާ ހުށަހެޅުމާއި މައްސަލައާ ގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ނުވަތަ އެ މީހުން ތަމްސީލުކުރާ ފަރާތްތަކަށް އެކަށޭނެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވޭ
-
އެހެންވެ، އެއީ ފަނޑިޔާރުންގެ ގާނުނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް
ޖޭއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ:
-
ފަހީމަށް ނަސޭހަތް ދިނުމަށް
-
ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް
ކޮމެންޓް (1)
ޖުއްބާ