އިސްލާމީ މަރުކަޒު ހުންނަ މަސްޖިދުލް ސުލްތާނު މުހަންމަދު ތަކުރުފާނުލް އައުޒަމުގައި ބަޔަކު ފިތުރު އީދު ނަމާދު ކުރަނީ: އެތަނުގެ ގޯތި ތެރެއަށް ބޮޑުކަމުދިޔަ މީހަކު ވަނީ ހައްޔަރުކޮށްފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހަކު ހައްޔަރުކޮށްފި
އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި،" ތަރުޖަމާނު ވިދާޅުވި އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފަސް މަންޒަރު - އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް ކުޑަ ކަމުދިޔަ މައްސަލައެއްގައި މީގެ ކުރިން ދިވެއްސަކު ވެސް ހައްޔަރު ކުރި އެވެ. ނަފްސާނީ ބައްޔެއް ހުންނަ އެ މީހާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.