މިދިޔަ އޮގަސްޓް މަހު މުޅި ރާއްޖެއަށް ކުރި ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތަކު މީހަކު މަގުމަތިން ހިނގާފައިދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މޫސުން

މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި

މެޓުން ބުނީ މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް
11 އޮކްޓޯބަރު 2022

މޫސުން ގޯސްވެ، މުޅި ރާއްޖެއަށާއި ވަކިވަކި ހިސާބުތަކަށް މިއަދާއި މިރޭ ވައިޓް އެލާޓް ނެރެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ ފަހު ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން، މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އެކި ސަރަހައްދުތަކަށް އޭގެ އަސަރުކުރި އެވެ. އެންމެ ބޮޑަށް މޫސުން ގޯސްވީ ދެކުނުގެ ރަށްތަކަށެވެ.

ތަފްސީލް - މެޓުން ބުނީ މިރޭ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. މިއަދު މެންދުރު ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެ، މިއަދު ހަވީރުން ފެށިގެން މިރޭ 10:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވެ އެވެ.

އަދި މެޓުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑުއަށް ވަކިން ވެސް ވައިޓް އެލާޓެއް ނެރެފަ އެވެ.

  • އެ އެލާޓް ހަމަވާނީ މިރޭ 12:30 އަށް

  • ވިލާގަނޑުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ

އެނގުން މުހިއްމު - 'ދައުރު' އިން ކުރިން ހޯދި، މެޓު އޮފީހުގެ ވޭތުވެދިޔަ 12 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު:

  • ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ރާއްޖެއަށް ގިނައިން ވިއްސާރަ ކުރޭ

  •  އޮކްޓޯބަރު މަހުގެ ފަހުކޮޅަށް ދާއިރު މޫސުން ކޮންމެވެސް ވަރަކަށް ރަނގަޅުވޭ

  • ހުޅަނގު މޫސުން ނިމި، އިރުވައި ފެށުމުގެ ކުރިން، ދެ މޫސުން ބެދޭ ވިއްސާރަ ނުވަތަ 'އިރުވައި ހަޅަ'އިގެ ގޮތުގައި ގަދައަށް ވިއްސާރަ ކުރޭ؛ އެއީ އާއްމުކޮށް ނޮވެމްބަރާއި ޑިސެމްބަރު މަހުގެ ތެރޭގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް