ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސުޕްރީމް ކޯޓު

ހެކިންގެ ހެކި ބަހުން ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރެވޭނެ: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން މިއަދު ވަނީ ހެކީގެ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތްތަކެއްގެ އިރުޝާދު ދަށު ކޯޓުތަކަށް ދީފައި
9 އޮކްޓޯބަރު 2022
1

ޗެއިން އޮފް ކަސްޓަޑީ ފޯމު (ކުޑަ ކާޑު) ނެތަސް، ނޫނީ އެ ފޯމާ މެދު ސުވާލު އުފެދޭ ކަމެއް އޮންނަ ހާލަތުގައި ވެސް ހެކިން ހާޒިރުކޮށްގެން ނަގާ ހެކިބަހުން ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ކަމަށް ބަލަން ވާނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން އިރުޝާދު ދީފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުން ދަށު ކޯޓުތަކަށް މި އިރުޝާދު ދިނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ މައްސަލަތަކާ ގުޅިގެން، ތަހުލީލުކުރެވުނީ އަތުލައިގަތް މަސްތުވާތަކެތިކަން ކަށަވަރުނުވާތީ، ކުށްވެރިން ދޫވާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. 

ބުނީ ކީކޭ؟ - އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިިމް އަދުނާން ސޮއިކުރައްވާ، ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑިރެކްޝަންގައިވާ ގޮތުގައި:

  • ޗެއިން އޮފް ކަސްޓަޑީ ފޯމް ނެތް ހާލަތުގައި ނުވަތަ ސުވާލު އުފެދޭ ހާލަތުގައި، އެ ހިފެހެއްޓި މީހާ އާއި ޗެއިންގައި ހިމެނޭ އެންމެހާ ފަރާތްތައް ޝަރީއަތަށް ހާރިޒުކޮށް ޝަރީއަތަށް ހެކި ބަސް ނެގުން

  • މި ހެކި ބަހުން ތަހުލީލުކުރީ ހިފެހެއްޓުނު ތަކެތިކަން ކަށަވަރު ކުރެވޭ ނަމަ، ޗެއިން އޮފް ކަސްޓަޑީ ފޯމު ފުރިހަމަވެފައިވާ ކަމަށް ބެލުން

އެނގުން މުހިންމު - މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ގާނޫނުގައި ބަޔާންކުރާ، ޝައްކެތް ނެތް މިންވަރަށް ގިނަ މައްސަލަތައް ސާބިތު ނުވަނީ ޗެއިން އޮފް ކަސްޓަޑީ ނެތިގެން ނޫނީ ކޮންމެވެސް ހިސާބަކުން އެ ޗެއިންއާ މެދު ސުވާލު އުފެދިގެންނެވެ.

ކޮމެންޓް (1)

ސާބަސް

9 އޮކްޓޯބަރު 2022
ސާބަހޭ ސުޕްރީމް ކޯޓް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް